ކޮވިޑް19 އާ ގުޅިގެން މާލޭ ސަރަހައްދުގައި ކާފިއު އިޢުލާންކޮށްފައިވާ ވަގުތުގައި މިިއަދު 141 މީހަކު ފުލުހުން ހުއްޓާފައިވާކަމަށް މަބްރޫކް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ކޮވިޑް19 ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، މިއަދުވެސް މާލޭ ސަރަހައްދުގެ މަގުމަތީގައި ގަވާއިދާ ޚިލާފަށް އުޅުނު 119 ދިވެއްސަކާއި 22 ބިދޭސީއެއް ފުލުހުން ހުއްޓުވާފައިވާކަމަށެވެ.
02 އެޕްރީލް އިން ފެށިގެން މާލޭ ސަރަހައްދުގައި ވަނީ ހަވީރި 05:00 އިން ރޭގަނޑު 08:00 އާ ދެމެދު މަގުތަކަށް މީހުން ނުކުތުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައެވެ. މަދު ބަޔަކު ނަމަވެސް، މި އެންގުމާ ޚިލާފަށް މަގުތައް މައްޗަށް ނުކުމެ އުޅޭތީ ސަރުކާރުން ވަނީ މިއަދުން ފެށިގެން ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.