ކާތަކެތި ނުލިބޭ ހާލަތަށް ގައުމުދާން އުޅޭކަން ސަރުކާރުން ގަބޫލުކުރާކަން އިގިފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް ހުސެއިން ޝަރީފު (މުންދު) ބުނެފި އެވެ.

ޓީވީ ޕްރޮގުރާމްގައި ވާހަކައްދަމުން މުންދު ވިދާޅުވީ ކޮވިޑް-19 ގެ ސަބުބުން ދުނިޔޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންވަމުންދާ މިދަނޑިވަޅުގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާވަރަށް ކާބޯތަކެތި ނުލިބިދާނެ ކަމަށް ސަރުކާރުން ވެސް ގަބޫލުކުރާކަން ހާމަވެފައިވަނީ، މިދަނޑިވަޅުގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމަށް ސަރުކާރުން ބާރު އަޅަމުންދާތީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މުންދު އިތުރަށް ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން އިންޕޯޓުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ރާއްޖެއަށް މުދާ އިންޕޯޓުކުރާ ގައުމުތަކުގެ ހާލަތުވެސް ސަރުކާރަށް އެނގޭ ކަމަށެވެ.
އަދި އިގްތިސޯދަށް އައިސްފައިވާ މި ބޮޑު ލޮޅުންގަޑާއި ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޖެހޭ ކަމަށް އޭނާގަބޫލު ކުރަށްވާ ކަމަށް އޭނާ ބުނެފައިވެއެވެ.
ރާއްޖެ ބަލިމަޑުކަމަކަށް ގޮސްދާނެކަމަށް ބުނެ މުންދު ވާހަކަދައްކާފައިވާ މި ދަނޑިވަޅަކީ ރައްޔިތުން ބަނޑަށް ނުޖެހޭނެކަމަށް ގައުމާ މުހާތަބުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައި ވާއިރެއްގައެވެ. ރައީސް ގައުމާއި މުޙާތަބުކުރަށްވާވިދާޅުވީ 10 މަސް ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތަށް ރާއްޖޭގައި ހުންނާނެކަމަށެވެ .