ކޮވިޑް19 އާ ގުޅިގެން އުފެއްދި ޓްރެވެލް ކްނިލިކް ފުލޫ ކްލިނިކްއަކަށް ބަދަލުކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ކޮވިޑް19 ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ޓްރެވެލް ކްލިނިކް ފުލޫ ކްލިނިކްއަކަށް ބަދަލުކޮށްފައިވާއިރު، އެ ކްލިނިކް އިން ޚިދުމަތް ދޭނީ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ކަމަށާއި، ދިވެހިންނާއި ބިދޭސީންނަށްވެސް ކްލިނިކް އިން ޚިދުމަތް ދޭނެކަމަށެވެ. ފުލޫ ކްލިނިކްއަކީ މާލެހިޔާ 2 ގެ ފުރަގަހުގައި އޮތް ހުސްބިމުގައި ހަދާފައިވާ ކްލިނިކް އެކެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 23 ފުލޫ ކްލިނިކް ހަދާފައިވާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގައި 142 މީހުން ފުލޫ ކްލިނިކްތަކުން ޚިދުމަތް ހޯދާފައިވެއެވެ.