ޏ.ފުވައްމުލަކުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓަކުން ވަދުއަޅަން އުޅުމުގެ ތެރޭގައި އަތަށް ދާވަންޏެއް ހެރުނު މީހަކަށް، އެމްއެންޑީއެފް ސެންޓަރަލް އޭރިޔާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ވަދުއަޅަން އުޅުމުގެ ތެރޭގައި އަތަށް ދާވަންޏެއް ހެރިފައިވަނީ ”ނިރުވާނާ“ ނަމަކަށް ކިޔާ ބޯޓެއްގައި ހުރި މީހެއްގެ އަތަށެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މ.ކޮޅުމާފުށި 8 ނޯޓިކަލް މޭލު ބޭރުން ވަދުއަޅަން އުޅުމުގެ ތެރޭގައި، އެ ބޯޓުގައި ހުރި މީހެއްގެ އަތަށް ދާވަނި ހެރި، ލޭ މަނާ ނުވެގެން މިޔަދު މެންދުރު 12:55 ހާއިރު ވަނީ އެންއެމްޑީއެފް ސެންޓަރަލް އޭރިޔާއިން ހަރަކާތްތެރިވާން ފަށާފައެވެ.
އަދި މިހާރު އެމްއެންޑީއެފް ސެންޓްރަލް އޭރިޔާގެ ކޯސްޓްގާޑުން އެ ބޯޓުން އެމީހާ ނަގައިގެން، ސީ އެމްބިޔުލޭންސްގައި މ.މުޔަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.