Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

ޔޫކޭ ބޮޑު ވަޒީރު އައިސީޔޫއަށް ބަދަލުކޮއްފި

ހުސައިން ޖިނާންލިޔުނީ:ހުސައިން ޖިނާން
6 އޭޕްރިލް 2020
ޔޫކޭ ބޮޑު ވަޒީރު އައިސީޔޫއަށް ބަދަލުކޮއްފި

ޔޫކޭ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ހާލު ބޮޑުވެ އައިސީޔޫއަށް ބަދަލު ކޮއްފިއެވެ.

މި ހަފުތާ އާދިއްތަ ދުވަހު ބޮރިސް ޖޯންސަން ވަނީ ކޮވިޑް-19 އަށް ފައްސިވިތާ 10 ދުވަސް ވީއިރުވެސް ހުން މަތަނުވެ ހުރުމާއެކު ބަލީގެ ހާލު ބޮޑުވަމުން އަނާތީ ހަސްފަތާލުގައި އެދުމަތި ކޮއްފައެވެ. ކޮވިޑަށް ފައްސިވިކަން ހާމަކުރީ މީގެ 11 ދުވަސް ކުރިން ބޮރިސް ޖޯންސަން ކުރެއްވި ޓުވީޓެއްގައެވެ. ބޮރިސް ޖޯންސަން ވިދާޅުވީ، ކޮވިޑަށް ފައްސިވިކަން ކަށަވަރުވީ ބަލީގެ އަލާމާތްތައް ފެނުމުން ހެދި ޓެސްޓުތަކުން ކަމަށެވެ.

މިއަދު މެންދުރު ފަހު ބޮޑު ވަޒީރު ބޮރިސް ޖޯންސަން އިތުރަށް ހާލު ގޯސްވަމާ ގުޅިގެން އިއިސީޔޫއަށް ވަނީ ބަދަލުކޮއްފައެވެ. އަދި ބޮޑު ވަޒީރު ވަނީ ވަގުތީ ގޮތުން ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބީ އާއި ސަރުކާރު ހިންގުމަށް ހަވާލުކޮށްފައެވެ.

ކޮވިޑަށް ފައްސިވި އިރުގަވެސް އައިސޮލޭޝަންގައި ގޭގައި ހުންނަވައިގެން ވެސް ބޮޑު ވަޒީރުގެ ހައިސިއްޔަތުން އޭނާ ދިޔައީ ފަސްނުޖެހި ގައުމު ހިންގަވަމުންނެވެ. އަދި ނަގަންޖެހޭ ޒިންމާތަކާއި އަދާކުރަން ޖެހޭ ވާޖިބުތައް ވެސް އެމަނިކުފާނު ދިޔައީ އަދާކުރައްވަމުންނެވެ.

ޔޫކޭއިން މިޔަދާ ހަމަޔަށް އައި އިރު އުމުރުން 55 އަހަރުގެ ބޮރިސް ޖޯންސަން އަކީ ފުރަތަމަ ފަހަރަށް ކޮވިޑަށް ފައްސިވި ސަރުކާރުގެ އިސް ފަރާތެވެ. ބޮޑު ވަޒީރައް ފަހު އިނގިރޭސިވިލާތުގެ އަމީރު ޗާލްސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އަމީރުގެ ހާލު ގޯސް ނުވާތީވެ ގަނޑުވަރު ތެރޭގައި ފަރުވާ ދިނުމަށް އެބޭފުޅާ ވަނީ ގަނޑުވަރުގައި އެކަހެރިކޮށްފައެވެ.

އިތުރު ތަފުސީލު އަންނަނީ…

ގުޅުންހުރި ލިޔުންތައް

އީރާނުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރައިފި

6 މެއި 2020

ޗައިނާ މީހެއްގެ ކަންފަތް ތެރޭގައި މަކުނެއް ވާ ފުރައިފި

30 އޭޕްރިލް 2020
27 އަހަރަށްފަހު ކޯމާގައި އޮތް މީހަކު ހޭއަރައިފި

27 އަހަރަށްފަހު ކޯމާގައި އޮތް މީހަކު ހޭއަރައިފި

24 އޭޕްރިލް 2020

ޓްރަމްޕުގެ ބަރުދަން ލުއިކުރުމަށް އޭނާއަށް ނޭނގި ކާންދިނީ ތަރުކާރި

9 އޭޕްރިލް 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު