Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

އިންޓަނެޓު އަގު ހެޔޮނުވާކަމަށް ބުނާ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

އަލީ އީމާން ރިޔާޒުލިޔުނީ:އަލީ އީމާން ރިޔާޒު
8 އޭޕްރިލް 2020
އިންޓަނެޓު އަގު ހެޔޮނުވާކަމަށް ބުނާ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

މިދަނޑިވަޅުގައި އިންޓަނެޓްގެ އަގު ހެޔޮކޮށްފައި ނުވާކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅި މައްސަލަ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮވިޑް 19 ގެ މި ދަނޑިވަޅުގައި ލުޔެއް ދިނުމަށް، އިންޓަނެޓުގެ އަގުހެޔޮ ނުކުރާ މައްސަލަ، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފުނުވާފައިވާކަމަށެވެ.

މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި  މީކާއިލް ވަނީ ކޮވިޑް 19 އާ ގުޅިގެން ސިއަހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު  ވަޒީފާ އަދާކުރާ މީހުން އޮންލައިންކޮށް ވަޒީފާ އަދާކުރަމުގެ އިތުރަށް، ދަރިވަރުން ގޭގައި ތިބެގެންކިޔެވަމުން ދާއިރު، އެފަރާތްތަކަށް އިންޓަނެޓުގެ ހިދުމަތަކީ ޒަރޫރީ ހިދުމަތެއް ކަމުގައެވެ.

އަދި މީކާއިލް ވިދާޅުވީ މިދަނޑިވަޅުގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އާމުންނަށް އެކަށީގެންވާ ލުޔެއް ދީފައިނުވާ ކަމަށެވެ. އަދި އެ ކުންފުނިތައްދޭ ހިދުމަތުގެ އަގު ކޮންޓްރޯލްކުރުމުގެ ބާރު ކޮމިއުނިކޭޝަން އޮތޯރިޓީއަށް ލިބިފައިވީއިރު ކުންފުނިތަކުން އަމިއްލަ އިސްނެގާފައި ނުވާކަމަށެވެ. މި ހާލަތުގައި ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށް އެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެއެވެ. މިކަން މިހެން އޮތުމުން މީކާއިލްވަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.

މީކާއިލް މިހެން ވިދާޅުވީއިރު ދިރާގު އަދި އުރީދުއިން ވަނީކަސްޓަމަރުންނަށް ބޯނަސް ޑޭޓާ ލުއި ފަސޭހަ ގޮތްތަކަށް ހޯދޭނެ ގޮތް ހަދާދީފައިވާނެ ކަމަށްބުނެފައެވެ

ގުޅުންހުރި ލިޔުންތައް

26 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

10 ޖޫން 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

13 މެއި 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު