ވިލިވަރު އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ވިލިވަރު އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއްގެ ރިޕޯޓް ލިބިގެން ފަޔަރ އެންޑް ރެސްކިއު ޓީމް މިހާރު ހަރަކާތްތެރިވަމުން ދާކަމަށާއި އަދި ރޯވެފައިވަނީ އެރިސޯޓުގައި މުދާ ލައިފަހުރި ކޮންޓޭނަރެއްގައި ކަމަށާއި އަދި މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 19:41 ހާއިރު ކަމަށެވެ.
ވިލިވަރުގައި ތިބި ފުލުހުންނާއި ސިފައިން ވެގެން އަލިފާންގަނޑު ވަނީ 20:44 ހާއިރު ނިއްވާލައިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. ރޯވި ކޮންޓޭނަރުގައި ހުރީ ޕްލާސްޓިކާއި ކޮންސްޓްރަކްޝަންއަށް ބޭނުންކުރާ ސާމާނެވެ. އަދި މިތަކެއްޗަށްވަނީ ބޮޑެތި ގެއްލުންތަށް ލިބިފައެވެ.
ވިލިވަރު އައިލެންޑް ރިސޯޓަކީ، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ޤާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއެކެވެ.
އިތުރު ތަފުސީލު އަންނަނީ…