.މާލެ ސިޓީގައި ހަފްތާއަކަށް ނެރިފައިވާ ކާފިއު މިއަދު އުވާލައިފިއެވެ

މާލެ ސިޓީގައި ކޮންމެ ދުވަހަކު ހަވީރު 5 އިން ރޭގަނޑު 8 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓައިލުމާއި ބަހާއި ފެރީގެ ޚިދުމަތް ދިނުން ހުއްޓާލުމަށް މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ވަނީ ކާފިއުއެއް ނެރިފައެވެ.
އެގޮތުން މިއަދު މިނިސްޓިރީ އޮފް ހެލްތުން ނެރުނު އިޢުލާނުގައި، މި ކާފިއު މިއަދު ހަވީރު 5 އިން ފެށިގެން އުވާލާފައިވާކަމަށްވެއެވެ.
އެހެން ނަމަވެސް، މާލެ ސިޓީގައި އެއްފަހަރާ 3 މީހުނަށް ވުރެ ގިނަ މީހުން އެއްވެއުޅުން ހުއްޓާލުމަށް އަންގާފައިވާ އެންގުން މިނިސްޓްރީ އޮފް ހެލްތުން ވަކި ގޮތެއް ނިންމަންދެން ދެމިއޮންނާނެ ކަމަށް ވެސް މި އިޢުލާނުގައިވެއެވެ.
މާލެ ސިޓީގައި ނެރިފައިވާ ކާފިއު އަކީ، ރާއްޖެއިން ކޮވިޑް-19 ފެނި އަދި 4 ދިވެހިން މި ބައްޔަށް ފައްސިވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނެރިފައިވާ ކާފިއު އެކެވެ.