ހުރިހާ ސްކޫލެ ގުރޭޑްތަކުގެ ދަރިވަރުންނަށް އަންނަ ހަފުތާއިން ފެށިގެން ޓެލެކްލާސްތައް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރީން މިހާރުވެސް ގްރޭޑް 7،8،9،10 އަދި 11ގެ ދަރިވަރުންނަށް ޓެލެކިލާސް މެދުވެރިކޮށް ދަނީ ކިޔަވައިދެމުންނެވެ. އަދި އަންނަ ހަފްތާގައި ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ހައެއްގެ ދަރިވަރުންނަށް ޓްލިކިލާސްތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ. އަދި ޑޭޓާ ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހިލޭ ޑޭޓާ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މިގޮތުން އުރީދޫ އާއި ދިރާގާއި ގުޅިގެން ޑޭޓާ ބޭނުންވާ ހުރިހާ ދަރިވަރުންނާއި ޓީޗަރުންނަށް އެއް މަހަށްވާވަރަށް ޑޭޓާ ހަމަޖައްސައިދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. ޑޭޓާ ބޭނުންވާ ފަރާތްތަކަށް ސްކޫލުތަކުން ފޯރުކޮށްދޭ ގޫގަލް ފޯމުގެ އެހީގައި މިނިސްޓްރީގައި އެދުމުން ޑޭޓާ ބޭނުންވާ ފަރާތްތަކުގެ ފޯނުތަކަށް ޑޭޓާ ފޮނުވަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ މާޗް މަހުގެ 5 ވަނަ ދުވަހުން މިޑް ޓާމް ބްރޭކަށް ސްކޫލްތައް ބަންދުވިގޮތަށް އަދި ސްކޫލްތައް ހުޅުވާފައި ނުވެއެވެ. ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ފުރަތަމަ ސްކޫލްތައް ބަންދުކުރީ އެއްހަފްތާއަށެވެ. މިހާރު މިފިޔަވަޅު 5 ވަނަ ފަހަރަށް އަޅަން ނިންމާ ކުރިއަށްއޮތް ހަފްތާގައިވެސް ސްކޫލްތައް ނުހުޅުވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.