Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

”ފޮޓޯ ނަގާ ފިރިހެނުންދެކެ އަންހެނުން މާ ގަޔާވޭ“

މަރިޔަމް ރަފާލިޔުނީ:މަރިޔަމް ރަފާ
11 އޭޕްރިލް 2020
”ފޮޓޯ ނަގާ ފިރިހެނުންދެކެ އަންހެނުން މާ ގަޔާވޭ“

ގިނަ  އަންހެނުން ފޮޓޯ ނަގާ ފިރިހެނުން ދެކެ ގަޔާވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ތެކްސަސްގެ ޔުނިވާސިޓީއަކުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގިނަ އަންހެނުން ޤާބޫލު ކުރާ ގޮތުގައި، ފޮޓޯ ނަގާ ފިރިހެނުން ނުވަތަ ފިރިހެން ފޮޓޯގްރަފަރުންނަކީ ވަރަށް ސްމާޓް ބައެކެވެ. ކެމެރާއެއް ހިފައިގެން ފިރިހެނަކު ހުރި ނަމަ، އެމީހަކަށް އަންހެނުންގެ ސަމާލުކަން ހުއްޓެއެވެ. ބައެއް އަންހެނުން ބުނާ ގޮތުގައި ފޮޓޯގްރަފީ އަކީ ވަރަށް “ސްމާޓް” ކަމެކެވެ.

އެހެންކަމުން ގިނަ އަންހެނުން ފޮޓޯ ނަގާ ފިރިހެނުން ދެކެ ވަރަށް ގަޔާވެއެވެ. މިކަން ވަނީ ދާދި ފަހުން ކުރި ދިރާސާ އަކުން ހާމަކޮށް ދީފައެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި 93% އަންހެނުން ފޮޓޯ ނަގާ ފިރިހެނުންނާއި ގަޔާވެއެވެ. އެއީ ވަރަށް ގިނަ ސަބަބުތަކާއި އެކުއެވެ.

ތަނަވަސް މީހެއް ކަމަށް ޤަބޫލު ކުރެވުން.
އާއްމު ގޮތެއްގައި ފެންވަރު ރަނގަޅު ކެމެރާއެއް ބާޒާރުން ގަންނަން ލިބޭ އަޑު އިންތިހާއަށް ބޮޑެވެ. އެހެންކަމުން އަމިއްލަ ކެމެރާއެއް ގެންގުޅޭނީ ފުދޭ ވަރެއްގެ ތަނަވަސް ކަމެއް ހުރި މީހެއް ކަމަށް އަންހެނުންނަށް ގަބޫލު ކުރެއެވެ. މިއީ އެ ފިރިހެނުންދެކެ ގަޔާވާން ދިމާވާ އެއް ސަބަބެވެ.

ފޮޓޯ ތަކުގެ ސަބަބުން.
ނަގާ ފޮޓޯ ތަކުގެ ހިތްގައިމު ކަމުންނާއި މޮޅު ކަމުން އެ ފޮޓޯ ނަގާ މީހާއާއި ގަޔާވެވޭ ތަން އާދެއެވެ. އާންމުކޮށް ދިމާވާ މައިގަނޑު ސަބަބަކީ މިއީ ކަމަށް ދިރާސާއިން އެނގެއެވެ.

ކެމެރާދެކެ ލޯބިވުން.
ކެމެރާދެކެ ވާލޯބި ފޮޓޯ ނަގާ މީހާދެކެވެސް ވާ ފަހަރު އާދެއެވެ. އެގޮތުން 75% އަންހެނުންނަށް މި ސަބަބާ ހުރެ ފޮޓޯ ނަގާ ފިރިހެނުން ދެކެ ގަޔާވެވެއެވެ.

ގުޅުންހުރި ލިޔުންތައް

އެއްވެސް ލިޔުމެއް ނެތް

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު