ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 135 ވެންޓިލޭޓަރު މިމަހުގެ ތެރޭގައި ގެނެވޭނެކަމަށް މަބްރޫކް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ވެންޓިލޭޓަރު ގެނައުމަށްޓަކައި މިހާރު 2 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށާއި، އެއްފަރާތަކާއެކު 50 ވެންޓިލޭޓަރު ގެނައުމަށް ސޮއިކޮށްފައިވާއިރު ދެވަނަ ފަރާތާއެކު ސޮއިކޮށްފައިވަނީ 20 ވެންޓިލޭޓަރު ގެނައުމަށް ކަމަށެވެ. އޭގެ އިތުރުން، 65 ވެންޓުލޭޓަރު ގެނައުމުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، ވެންޓިލޭޓަރުތައް މިމަހުގެ ތެރޭގައި ލިބޭނެކަމަށާއި، ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ އާންމުކޮށް ހުޅުވާލައިގެން ވާދަވެރިކަމެއްގެ ތެރެއިންކަމަށެވެ.
މަބްރޫކް މިހެން ވިދާޅުވިއެވެ، ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ޢަަމަލުކުރަމުންދާކަމުގެ ތުހުމަތު މީސް މީޑިއާގައި ވަރަށް ބޮޑަށް ދެކެވެއެވެ.