އޮޕޯލޯ ކުންފުނީގެ ހެޑް އޮފީސް ފަޅާލައި 1.7 މިލިއަން ރުފިޔާ ވަގަށް ނަގައިފިއެވެ.

އެެޕޯލޯ ކުންފުނިން ބުނެފައިވާ ގޮތުގައި، އެ ކުންފުނީގެ ހެޑް އޮފީސް ފަޅާލައި އޮފީހުގައި ހުރި 5 ތިޖޫރީގައި ހުރި ފައިސާތައް ވަގަށް ނަގާފައިވާކަމަށާއި، އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފޫޓޭޖްތަކުން ދައްކާގޮތުން އޮފީސް ފަޅާލާފައިވަނީ އާދިއްތަ ދުވަހުގެ ރޭ 23:45 އާއި 4:30 އާ ދެމެދުގައިކަމަށެވެ.
ވަގަށް ގެންގޮފައިވާ ފައިސާގެ ތެރޭގައި 1.7 މިލިއަން ދިވެހި ރުފިޔާގެ އިތުރުން 2200 އެމެރިކާ ޑޮލަރު ހިމެނެއެވެ. އަދި، ހެޑް އޮފީހަށް ވަގުން ވަނުމުގެ ކުރިން ސީސީޓީވީ ކެމެރާތަކުގައި ޓޭޕް އަޅާފައިވާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މިމައްސަލަ މިހާރު ފުުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.