Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

ކޮވިޑް-19: މުޅި ދުނިޔޭން ފައްސިވި މީހުންގެ އަދަދު ދެ މިލިއަނަށް އަރައިފި

ހުސައިން ޖިނާންލިޔުނީ:ހުސައިން ޖިނާން
15 އޭޕްރިލް 2020
ކޮވިޑް-19: މުޅި ދުނިޔޭން ފައްސިވި މީހުންގެ އަދަދު ދެ މިލިއަނަށް އަރައިފި

މުޅި ދުނިޔޭން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ފަސް މަސް ތެރޭގައި ދެ މިލިއަނަށް އަރައިފިއެވެ.

މިހާތަނަށް ކޮވިޑް-19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިބައްޔަށް ވަނީ ޖުމްލަ 2,000,065 މީހުން ފައްސިވެ، މި ދެމިލިއަންގެ ތެރެއިން 126,754 މީހުން ވަނީ މިބަލީގެ ސަބަބުން މިދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. އަދި ﷲ ގެ ރަހުމަތުން 484,597 މީހުން ވަނީ މިބައްޔަށް ޝިފާ ލިބިފައެވެ.

މުޅި ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިފައިވަނީ އެމެރިކާއިންނެވެ. އެގައުމުން ޖުމްލަ 614,246 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އެގައުން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 26,064 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާއިން ބަލި ޖެހުނު މީހުންގެ ތެރެއިން (އަދަދު) މީހަކު ރަނގަޅުވެފައިވާއިރު، މި ބަލި ޖެހިގެން ހާލު ސީރިޔަސް 38,820 މީހަކު އެގައުމުގައި އެބަ ތިއްބެވެ.

ލިސްޓުގެ ދެވަނައިގައި އޮތް ސްޕެއިން އިން ޖުމްލަ 174,060 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އެގައުން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 18,255 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާއިން ބަލި ޖެހުނު މީހުންގެ ތެރެއިން 67,504 މީހަކު ރަނގަޅުވެފައިވާއިރު، މި ބަލި ޖެހިގެން ހާލު ސީރިޔަސް 7,371 މީހަކު އެގައުމުގައި އެބަ ތިއްބެވެ.

މިދިޔަ މާރިޗް މަހުގެ 4 ވަނަ ދުވަހު، ރާއްޖެއިންވެސް ވަނީ ކޮވިޑް-19 ފެނިފައެވެ. ރާއްޖެއިން މިހާތަނަށް 21 މީހަކު މި ބައްޔަށް ފައްސިވެފައިވެއެވެ. އޭގެތެރެއިން 6 މީހުންނަކީ ދިވެހިންނެވެ. އަދި ބާކީ 15 މީހުންނަކީ ބިދޭސީންނެވެ. ރާއްޖެއިން ފައްސިވި މީޙުންގެ ތެރެއިން 16 މީހަކު ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ. އަދި ފައްސިވި މީހުންގެ ތެރޭގައި ރާއްޖެއިން ފުރި ފަހުން ފައްސިވި 2 އިޓަލީ ފަތުރުވެރިން ހިމެނެއެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީނެވެ. ނަމަވެސް މި ބަލި ވަނީ ޗައިނާއިން ވަރަށް ބޮޑައަށްވެސް ކޮންޓްރޯލް ކޮށްފައެވެ. މިހާތަނަށް ޗައިނާއިން 82,295 މީހުން ފައްސިވެފައިވާއިރު، 3,342 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އަދި ފައްސިވި މީހުންގެ ތެރެއިން މީހުން ވަނީ އެޤައުމުން މި ބަލިން ރަނގަޅުވެފައެވެ.

މިއަދާ ހަމައަށް އައިއިރު މިބައްޔަށް ވަނީ އެއްވެސް ފަރުވާއެއް ނުހޯދިފައެވެ. ނަމަވެސް އޮކްސްފޯޑް ޔުނިވަސިޓީގެ ރިސާޗް ޓީމުން ވަނީ ކާމިޔާބު ވެކްސިނެއް ހޯދުމަށް ވަރަށް ގާތް ކޮށްފައެވެ. އެގޮތުން އެ ޔުނިވަރސިޓީގެ ރިސާޗް ޓީމުގެ އެންމެ އިސްވެރިޔާ ބޭރުގެ މީޑިއާތަކާ ވާހަކަ ދައްކަވަމުން ބުނެފައިވަނީ، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އިންސާނުނަށް މިވެކްސިން ފާސްކުރުމަށް މަސައްކަތް ފެށޭނެ ކަމަށާއި ސެޕްޓެމްބަރ މަހު 80 އިންސައްތަ ޔަޤީން ކަމާއެކު މިވެކްސިން އާންމުކޮށް ނެރެވޭނެކަމަށެވެ

ގުޅުންހުރި ލިޔުންތައް

މިފަހަރު ޕަބްޖީ ސީޒަން 13 ވަރަށް ތަފާތު!

މިފަހަރު ޕަބްޖީ ސީޒަން 13 ވަރަށް ތަފާތު!

8 މެއި 2020

ރައްކާތެރިވާން ބޭނުމިއްޔާ ގޭގައި ތިއްބަވާ، ނޫނީ ސަންދޯކެއް ޖަހަން ޖެހިދާނެ!

21 އޭޕްރިލް 2020
ވާދޫގައި ކަރަންޓީން ކުރި މީހާއާއި ގުޅުވައިގެން ގިނަ ދޮގު ވާހަކަތަކެއް!

ވާދޫގައި ކަރަންޓީން ކުރި މީހާއާއި ގުޅުވައިގެން ގިނަ ދޮގު ވާހަކަތަކެއް!

17 އޭޕްރިލް 2020

ކޯޗެއް ތިބަލަނީ، އާދޭ ސަންދޯކަށް އެރެން

12 އޭޕްރިލް 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު