މިޔަދު ދަރުބާރުގޭގައި ބޭއްވި ޚާއްޟަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް ޞާލިޙް ރާއްޖޭގައި ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށް، ޞިއްޙީ ޚިދުމަތްދޭ މާހިރުން ކުރައްވާ ބުރަ މަސައްކަތްތަކަށް ވަނީ، އެ ބޭފުޅުންނަށް ފައްފަށުން ޝުކުރު އަދާކޮއްފައެވެ.

މި ބައްދަލުވުމުގައި ސަރުކާރު އިތުރު ހަފުތާއަކަށް ބަންދު ކުރުމާއި، ރާއްޖޭގެ ބޯޑަރު 27 މާރިޗުގައި ބަންދު ކުރުމާއި، ރިސޯޓުތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސޯޓުތަކުން ފޭބޭނެކަމަށް ރައީސް ވަނީ ނިންމަވައިފައެވެ.
ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން އެޗް.ޑީ.އެފް.ސީން ދޫކޮށްފައިވާ ހައުސިން ސްކީމްގެ ލޯނުތަކަށް، މާރިޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާވެސް މިހާރުވަނީ 6 މަސްދުވަހަށް ފަސްކޮށްދީފައެވެ.
ރައީސް އިބުރާހީމް ޞާލިޙް މިނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮލެވޭ ކަމަކަށް ވިދާޅުވެފައި ވަނީ؛
”ކޯވިޑް-19އާ ގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީ.އެމް.އެލް އާއި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، ލޯނު ދޫކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އިރާދަކުރެއްވިއްޔާ، މި ލޯނުތަކަށް އެދި ހުށަހެޅުމަށް، އަންނަ ހަފުތާގެ ތެރޭގައި އިޢުލާން ކުރެވޭނެވެ.“
ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން އެސްޓީއޯއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ 10 މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު، އަދި 5 މަސް ދުވަހަށްވާ ވަރަށް ފުށުގެ ސްޓޮކެއްް ގެނައުމައްށެވެ. މި ޙާލަތުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ދެއްވާކަމަށްށާ އަދި ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު މިހާރުވަނީ ދިވެހިރާއްޖެއަށް ލިބިފައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.