ކޮވިޑް19 އާ ގުޅިގެން ސިއްހީ ޚިދުމަތްތެރިން ދެއްވާ އިރުޝާދާ އެެއްގޮތަށް ގޭގައި ތިއްބެވުމަށް އާދޭހަކު ދަންނަވާކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ފުރަތަމަ ފަހަރަށް މާލެއިން ދިވެއްސެއް ފައްސިވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ، މި ބަލިން ރައްކާތެރިވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަމުން ގެންދާކަމަށާއި، ޞިއްހީ ޚިދުމަތްތެރިން ދެއްވާ އެންމެ މުހިންމު އެއް އިރުޝާދަކީ ގޭގައި ތިއްބެވުން ކަމަށާއި، ހުރިހާ ބޭފުޅުންވެސް ސަރުކާރަށް އެއްބާރުލުންދީ ގޭގައި ތިއްބެވުމަށް އާދޭހާއަކު ރައީސް އެދިވަޑައިގެންނެވިއެވެ.
ފެންކަޅިވެ އިނދެ ޤައުމާ މުހާތަބުކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ، ހުރިހާ ރައްޔިތުންގެ ކިބައިން އެދެނީ އެކަކު އަނެކަކާމެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުޢާމަލާތްކުރުމަށް ކަމަށާއި، އަދި ކެތްތެރިކަން އިސްކުރައްވައި އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.