މާލެއިން ދެވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެއްޗްޕީއޭއިން ބުނީ، މިއަދު ހެނދުނު މާލެއިން ކޮވިޑް-19 އަށް ފައްސިވި މީހާ އާއި ޑައިރެކް ކޮންޓެއްކްޓުވި މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރިއިރު އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ވަނީ ކަށަވަރުވެފައި ކަމަށެވެ.
އެހެންކަމުން މާލެއިން މިއަދު މިވަނީ ކޮވިޑް-19 އަށް 2 މީހަކު ފައްސިވިކަން ޔަޤީންވެފައެވެ. އަދި ރާއްޖެއިން މިހާތަނަށް 22 މީހަކު ވަނީ މިބައްޔަށް ފައްސިވެ، 16 މީހަކު މި ބަލިން ރަނގަޅުވެފައެވެ. އަދި ފައްސިވި 22 މީހުންގެ ތެރޭގައި ރާއްޖެއިން ފުރިފަހުން ފައްސިވި އިޓަލީ 2 ފަތުރުވެރިން ހިމެނެއެވެ. މިހާރު ރާއްޖޭގައި ފަރުވާ ކުރަމުންދަނީ 6 މީހަކަށެވެ.