ބޭސް ސިޓީގެ ފޮޓޯއެއް އެސްޓީއޯ މެޑިކަލްސްގެ ފޯނު ނަމްބަރަށް ފޮނުވާލުމުން ޒަރޫރީ ބޭސް ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މިހިދުމަތް ހޯދަން ބޭނުންވާ ފަރާތްތައް އެ ފަރާތަކުން ކޮންމެހެން ބޭނުންވާ ބޭހުގެ ބޭސް ސިޓީ އެސްޓީއޯ މެޑިކަލްސްގެ މޯބައިލް ނަމްބަރު 7922032 އަށް ފުނުވުމަށްއެސްޓީއޯ މެޑިކަލްސް އެދެއެވެ. އަދި އެމީހާގެ އައިޑީ ކާޑުގެ ފޮޓޯއެއް ފޮނުވަދިނުމަށްވެސް އެދެއެވެ. މިގޮތައް ކަންތައް ކުރުމުން އެ ބޭސް ގެތަކަށް ފޮނުވަދޭނެ ކަމަށެވެ.
މިގޮތަށް އެސްޓީއޯ މެޑިކަލްސްގެ ޓީމުން ނިންމާފައިވަނީ މާލޭގައި ކޮވިޑް-19 ކޭސްއެއް ފެނި، މާލެ ލޮކްޑައުން ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ސިއްހީ މާހިރުން ދަނީ ހުރިހާ އެންމެންވެސް ގޭގައި ތިބުމަށް އިލްތިމާސް ކޮށްފައެވެ.