ގދ.ތިނަދޫ އިން ކާޑު ހުސްވެފައިވާކަމަށް އެސްޓީއޯގެ ކާޑު އެޖެންޓް ބުނެފިއެވެ.

އެސްޓީއޯގެ ކާޑު އެޖެންޓް (ޑީއެމްއެން) އިން ބުނެފައިވަނީ މާލެއިން ތިނަދޫއަށް ކާޑުގެނައުމުގައި ދަތިތަކެއް އެބައުޅޭކަމަށެވެ. 2000 ބަސްތާގެ ކާޑަށް އެދިފައިވާނެ ކަމަށާއި އެހެންނަމަވެސް އެސްޓީއޯއިން (ޑީއެމްއެން) އަށް ދީފައިވަނީ 3 ވައްތަރުން އެކީ ޖުމްލަ 500 ބަސްތާކަމުގައިވެސް ޑީއެމްއެން އިން ބުނެފައިވެއެވެ. މި 500 ބަސްތާގެ ކާޑު ދެ ދުވަސް ތެރޭގައި ހުސްވެއްޖެ ކަމަށްވެސް ޑީއެމްއެންގެ ވެރިފަރާތުން ބުނެފައިވެއެވެ.
އަދި އޭނާ އިތުރަށް ބުނެފައިވަނީ ކާޑު ގުދަން ހުސްވެ އަތޮޅު ތެރޭގެ ތަށްތަކަށް ވިއްކާނެ އެއްޗެއް ނެތް ކަމުގައެވެ. އަދި ކާޑު ހުސްވީ މީހުން ގިނައިން ގިނައިން ގަންނާތީއެއް ނޫންކަމަށާއި ކާޑު ލިބުމުގައިދަތި ތަކެއް އުޅެނީ ކަމަށް ޑީއެމްއެން އިން ބުނެއެވެ.