Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

މާމިގިލީ ވިލާ ކުންފުނީގެ މުވައްޒަފުންނަށް މާރިޗު މަހުގެ މުސާރަ އަދިވެސް ނުލިބޭ

ހަސަންލިޔުނީ:ހަސަން
17 އޭޕްރިލް 2020
މާމިގިލީ ވިލާ ކުންފުނީގެ މުވައްޒަފުންނަށް މާރިޗު މަހުގެ މުސާރަ އަދިވެސް ނުލިބޭ

އދ.މާމިގިލީގައި މަސައްކަތްކުރާ ވިލާ ކުންފުނީގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭކަމަށް ބުނެ ކުންފުނީގެ މުވައްޒަފުން ކަނބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ކުއްލި ޚަބަރަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މާމިގިލީގައި ވަޒީފާއަދާކުރާ 85% މުވައްޒަފުންނަކީ ވިލާ ކުންފުނީގައި މަސައްކަތްކުރާ މީހުން ކަމާއި، މާރިޗު މަހުގެ މުސާރަ ލިބިފައިވާ ވަރަށް މަދު މުވައްޒަފުންނަށެވެ. މުސާރަ ނުލިބުމުން އެތައް ޢާއިލީއަކަށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. މިފަދަ ބޮޑު ބަލިމަޑުކަމެއް އޮތް ދުވަސްވަރެއްގައި، މުވައްޒަފުންނަށް މުސާރަ ނުލިބުމުގެ ސަބަބުން ކެއިންބުއިމަށާއި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ގަންނަންޖެހޭ ތަކެތި ހޯދޭނެގޮތެއް ނެތްކަމަށްވެސް އެ ރަށުގެ ބައެއް މުވައްޒަފުން ދަނީ ބުނަމުންނެވެ. އެގޮތުން، ވިލާގެ މުވައްޒަފުންނަށް މުސާރަ ނުލިބުމުން އެފަދަ ތަކެތި އެމުވައްޒަފުންގެ ޢާއިލާތަކަށް ހޯދޭނެގޮތް ނެތި ގޮސްހުސްވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެއިތުރުން، މާމިގީލިގެ ފިހާރާތަކުން މިހާރު ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ގިނަ ތަކެތި ހުސްވެފައިވާކަމަށާއި، ބައެއް ފަރާތްތަކުން ހަނޑު ހަކުރު ފަދަ ތަކެތި އަދަދަކަށް ގަނެ ގޭގައި ސްޓޮކް ކުރުމުން، ރަށުގެ އާންމުންނަށް އެފަދަ ތަކެތި ލިބޭނެގޮތް މިވަނީ ހުސްވެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން 15 ނުވަތަ 20 ބަސްތާ ހަނޑޫ ގޭގައި ފޮރުވާފައި ބަހައްޓާފައިވާކަމަށްވެސް އެރަށު މީހުން ދަނީ ބުނަމުންނެވެ.

ކޮވިޑް19 އާ ގުޅިގެން އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުންނަށް މުސާރަ ނުދިނުމާއި ވަޒީފާއިން ވަކިކުރުން ފަދަ ޙާލަތްތައް ދަނީ ކުރިމަތިވަމުންނެވެ. އެކަމުގެ ކަންބޮޑުވުން އެ މުވައްޒަފުން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

26 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

10 ޖޫން 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

13 މެއި 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު