Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

ވާދޫގައި ކަރަންޓީން ކުރި މީހާއާއި ގުޅުވައިގެން ގިނަ ދޮގު ވާހަކަތަކެއް!

އަލީ އީމާން ރިޔާޒުލިޔުނީ:އަލީ އީމާން ރިޔާޒު
17 އޭޕްރިލް 2020
ވާދޫގައި ކަރަންޓީން ކުރި މީހާއާއި ގުޅުވައިގެން ގިނަ ދޮގު ވާހަކަތަކެއް!

ކޭސް21 އާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކަމަށް ބުނެ ވާދޫގައި ހޯމްއައިސޮލޭޝަން އަށް ފުނުވި ފަރާތާއި ގުޅުވައިގެން ގިނަ ދޮގުވާހަކަތަކެއް މީޑިއާގައި ފަތުރުމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

”ކުއްލި ހަބަރު“ އަށް ދީފައިވާ ބަސްދީގަތުމެއްގައި ވާހަކަ ދައްކަމުން ކަރަންޓީންގައި ބަހައްޓާފައިވާ މީހާ ބުނެފައި ވަނީ އޭނާއާއި މާލެއިން އެންމެ ފުރަތަމަ ފައްސިވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވެފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ގ.ވޯކްހައުސް އަށް ގޮސްފައި ވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނީ 14 އޭޕްރީލް ވަނަ ދުވަހު ދުވަހު މެންދުރު ފަހު ތިނެއްޖަހާކައް ހާއިރު އެގެއަށް ގޮސްފައިވާނެ ކަމަށެވެ. އެގެއަށް ގޮސްފައިވާނީ އޭނަގެ ދައްތައާއި ބައްދަލު ކުރުމަށެވެ. އެގެއަށް ދިޔައިރު އެގޭގައި އުޅެފައިވަނީ އޭނާގެ ދައްތައާއި ދައްތަގެ ދެކުދިން ކަމަށެވެ. އެގެއަށް ވަންއިރުވެސް އެއްވެސް މީހަކާއި ދިމާވެފައި ނުވާނެ ކަމަށްވެސް އޭނާ ބުނެއެވެ.  ކަރަންޓީނުގައި ހުރި މީހާ ބުނެފައިވަނީ އޭނާ އެގޭގައި ހުރީ 30 ވަރަކަށް މިނެޓް ވަންދެން ކަމަށެވެ. އޭނާގެ ދަރިފުޅު ރޯތީވެޔާއެކު އޭނާއަވަހަށް ގެއަށް ދިޔައީ ކަމުގައެވެ. ގެއަށް ދާން ނިކުންނަން ދިޔައިރުވެސް ވެސް އޭނާއާއި އެއްވެސް މީހަކާއި ބައްދަލު ވެފައި ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އެގެޔަށް ގޮސްފައިވަނީ ހަވީރު 5 ޖަހާ އެހާކަށް ހާއިރު ކަމަށް އޭނާގެ ދައްތަ ބުނެފައިވެއެވެ.

އޭނާ ބުނީ ކޭސް21 އަކީ އެނާ ދަންނަ މީހެއްވެސް ނޫން ކަމަށާއި މާލެއިން ޕޮޒިޓިވްވި އެމީހާއަކީ އެގޭ(ގ.ވޯކްހައުސް) މީހެއްގެ ދަބި ދަރި ކަމަށެވެ. އެމީހާ އަކީ އެގޭ ދަރިއަކު އިނދެގެން އުޅޭ މީހެއްކަންވެސް އިނގުނީ އޭނާގެ ދައްތަ ބުނުމުންކަމަށެވެ. އަދި ޕޮޒިޓިވް ވި މީހާ އުޅެނީވެސް އެގޭގައި ނޫންކަމަށެވެ.

އެހެންނަމަވެސް ރަށުތެރޭގަޔާއި ވައިބާރ ގުރޫޕް ތަކުގައި ވާހަކަ އޮތީ މުޅިން އެހެން ގޮތަކަށް ކަމަށެވެ. އޭނާ ބުނީ ކަމުގެ ހަގީގަތް ރަނގަޅަށް ނޭނގި ތިބި މީހުން އެވާހަކަ ފެތުރީ އޭނާގެ ކުޑަ ދަރިފުޅު ނަގައިގެންވެސް ޕޮޒިޓިވްވި މީހާ އުޅުނު ކަމަށެވެ. އަދި އޭނާވެސް ވާދޫއަށް ދިޔުމަށް ފުރި ދުވަހުގެ ކުރީ ދުވަހު އޭނާ އުޅުނީ ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހާއާއި އެގެއެއްގައި ކަމަށް ބުނެ ވެސް ވާހަކަ ފަތުރާފައިވާކަމަށެވެ.

މާލެއިން ފުރަތަމަ މީހާ ޕޮޒިޓިވްވި ވާހަކަ އިނގިފައިވަނީ އޭނާ ކާޑެއްދޫ އެއާޕޯޓުގައި ހުއްޓާ އޭނާގެ ދައްތަ ގުޅާފައި ބުނުމުންކަމަށެވެ. އެއިރުވެސް ވެގެން މިއުޅެނީ ކީއްކަމެއްވެސް އެއީ ކާކު ކަމެއްވެސް އަސްލުނޭނގޭ ކަމަށެވެ. އަދި ދައްތަގެ ފޯނު ކޯލް ކުރުކޮށްލީ ރަށަށް ގޮސް ގުޅާނެ ކަމަށް ބުނެފައި ކަމަށެވެ. ދެން އޭނާ ގޮސްފައިވަނީ ސީދާ ވާދޫއަށް ކަމަށް އޭނާ ބުންނެވެ.

”ވާދުއަށް ދިޔުމަށް ފުރިތާ މާގިނައިރެއް ނުވެ ލޯންޗުގެ ކެޕްޓަނަށް ގުޅުމަށް ފަހު ލޯންޗުގައި ތިބި ކުޑަ ކުއްޖަކާއި ދެ އަންހެނުންނަކީ މާލެއިން ފައްސިވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެކޭ، އެހެންވެ އެމީހުން ވާދުއަށް ވަކި އެއްޗެއް އަންގަންދެން ނުފައިބަން އެންގީ“ އެ މީހާ ބުންޏެވެ. ދެން އެމީހުން 20 ވަރަކަށް މިނެޓު ފަޅުތެރޭގައި ބޭ ހެއްޓުމަށް ފަހު ސިއްހީ މަރުކަޒުގެ މީހުންނާއި ޕޮލިހުން އައިސް އެންގީ ވަކިން ގޭގައި ކަރަންޓީން ވެގެން ތިބުމަށް ކަމަށް އޭނާ ބުންނެވެ. އެހެން ނަމަވެސް ވާހަކަ ފެތުރުނީ އޭނާ އަތޮޅުގެ ވެރިރަށަށް ވެސް ގޮސް އެރަށު ބަނދަރު މަތީ ފިހާރަތަކަށްވެސް ގޮސްފައިވާ ކަމަށެވެ.

ޑައިރެކްޓް ކޮންޓެކްޓް ވެފައި ނުވާކަން ޔަގީން ވާއިރުވެސް އެނާ ބުނީ އެންގުމާއި އެއްގޮތަށް އަދިވެސް ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ. އެހެން ނަމަވެސް އެމީހުން ގެއިން ނުކުމެ ރަށުތެރޭގައި ތަންތަނަށްދާ ކަމަށް ބުނެ ދޮގު ވާހަކަތައް ހަދަހަދައިގެން ދައްކަމުންދާ ކަމަށްވެސް އެނާ ބުންޏެވެ.

އެޗްޕީއޭ އާއި ކަމާބެހޭ ހުރިހާ ފަރާތްތަކުންވެސް ދަނީ ކަމުގެ ދޮގުތެދު ނުބަލާ ވާހަކަތައް ނުފެތުރުމަށް ކެނޑިނޭޅި ނަސޭހަތްތެރި ވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މިފަހަރު ޕަބްޖީ ސީޒަން 13 ވަރަށް ތަފާތު!

މިފަހަރު ޕަބްޖީ ސީޒަން 13 ވަރަށް ތަފާތު!

8 މެއި 2020

ރައްކާތެރިވާން ބޭނުމިއްޔާ ގޭގައި ތިއްބަވާ، ނޫނީ ސަންދޯކެއް ޖަހަން ޖެހިދާނެ!

21 އޭޕްރިލް 2020
ކޮވިޑް-19: މުޅި ދުނިޔޭން ފައްސިވި މީހުންގެ އަދަދު ދެ މިލިއަނަށް އަރައިފި

ކޮވިޑް-19: މުޅި ދުނިޔޭން ފައްސިވި މީހުންގެ އަދަދު ދެ މިލިއަނަށް އަރައިފި

15 އޭޕްރިލް 2020

ކޯޗެއް ތިބަލަނީ، އާދޭ ސަންދޯކަށް އެރެން

12 އޭޕްރިލް 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު