މިއަދު ގދ.ތިނަދޫ އަސްދާން ދޯނިން ފީނަން ފޭބިފަހުން ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެފައި އޮށްވާ ފެނިއްޖެއެވެ.

މިއަދު ގެއްލިގެން ހޯދާފައިވަނީ ގދ.ތިނަދޫ ފުއްޓަރުގެ ސާޖިދު މުހައްމަދު ރަޝީދު އެވެ. އޭނާ ފެނިފައިވަނީ ކަނޑުގެ 50 މީޓަރު އަޑިން ކަމަށްވެސް މައުލޫމާތު ލިބެއެވެ. އޭނާ ފެނިފައިވަނީ މިރޭ 23:30 ހާއިރުކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިހާރު އޭނާ ގދ.ތިނަދޫ އަށް ގެނެވިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.
އިތުރު ތަފުސީލު އަންނަނީ…