Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

ލާމަށް އަންނަ މީހުންގެ މަޢުލޫމާތު އެއްކުރުމަށް ”ވިޒިޓް ލާމު އެޓޯލް“ގެ ޕޯޓަލްއެއް

ހުސައިން ޖިނާންލިޔުނީ:ހުސައިން ޖިނާން
20 އޭޕްރިލް 2020
ލާމަށް އަންނަ މީހުންގެ މަޢުލޫމާތު އެއްކުރުމަށް ”ވިޒިޓް ލާމު އެޓޯލް“ގެ ޕޯޓަލްއެއް

ލާމު އަތޮޅު ޕްރަމޯޓް ކުރުމަށް ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ވިޒިޓް ލާމު އެޓޯލް (ވީއެލްއޭ) އިން، ކޮވިޑް 19 އާ ގުޅޭ މަޢުލޫމާތުތަކާއެކު، އެއަތޮޅަށް ޒިޔާރަތް ކުރާ ފަރާތްތައް ދެނެގަނެވޭނެ ފަސޭހަ އުސޫލުތަކެއް ހޯދުމަށްޓަކައި ޕޯޓަލްއެއް ތަޢާރަފްކޮށްފިއެވެ.

މިޕޯޓަލްއާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވިޒިޓް ލާމު އެޓޯލް (ވީއެލްއޭ)ގެ ސީއޯއޯ އަދި ވެބް ޑިވެލޮޕަރ އަޙްމަދު އަނަސް ބުނެފައިވަނީ މިއީ މިހާރު ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑްއަކަށް ގޮސްފައިވާތީވެ، އަތޮޅަށް އަރާ ފައިބާ މީހުން ދެނެގަތުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ ހެދި ޕޯޓަލްއެއް ކަމަށެވެ.

”އަޅުގަނޑުމެން މިއެއްކުރަނީ އަތޮޅަށް އަންނަ މީހުންގެ މަޢުލޫމާތު، މިޕޯޓަލްގައި އަޅުގަނޑުމެން މިއެދެނީ މިދިޔަ 14 ދުވަހުގެ ތެރޭގައި މިއަތޮޅަށް ޒިޔާރަތް ކުރި ފަރާތްތައް ނޯޓް ކުރުމަށް. އަދި އެފަރާތުން ރާއްޖެއިން ބޭރަށް މިދިޔަ 30 ދުވަހުގެ ތެރޭގައި ގޮސްފައިވޭތޯވެސް އަޅުގަނޑުމެން ބަލަން.“ އަނަސް ބުންޏެވެ.

ޕޯޓަލްއަށް ޒިޔާރަތް ކުރެއްވުމަށް މިލިންކަށް ފިއްތަވާ ލައްވާ!

އަނަސް ބުނެފައިވަނީ މި ޕޯޓަލްގައި ހިމެނޭނީ ލާމު އަތޮޅުގެ ރަށްތަކުގެ ކައުންސިލުތަކުގެ ތެރެއިން މިކަމަށް އެދިފައިވާ ރަށްތައް ކަމަށެވެ.

”ކައުންސިލްއިން 9847791 ގުޅުއްވާ، ނުވަތަ މެސެޖެއް ކުރައްވާ، އޭރުން އެރަށެއް އަޅުގަނޑުމެން ޕޯޓަލްއަށް އެޑްކުރާނަން.“ އަނަސް ބުންޏެވެ.

އަނަސް އިތުރަށް ބުނެފައިވަނީ، ވިޒިޓް ލާމު އެޓޯލްގެ ވެބްސައިޓް މެދުވެރިކޮށް، ކޮވިޑް19 ގެ ރާއްޖޭގެ ތަފާސްހިސާބު ވަގުތުން ފެންނާނެ ކަމަށާއި އަދި ބައްޔާ ބެހޭ މަޢުލޫތުތައްވެސް ފެނިގެންދާނެ ކަމަށެވެ.

ވިޒިޓް ލާމު އެޓޯލްގެ ކޮވިޑް-19 ވެބްސައިޓްއަކީ 24 ގަޑިއިރު ތެރޭގައި ފަރުމާކޮށް، ރައްޔިތުންނާ ހަމައަށް ދޫކޮށްލި ސައިޓެކެވެ. އަަދި މިއީ އެފަރާތުން ކުރަމުން އަންނަ އިޖްތިމާޢީ މަސައްކަތުގެ ތެރެއިން، ހިލޭ ސާބަހަށް ކޮށްފައިވާ މަސައްކަތެއްކަންވެސް ފާހަގަކޮށްލެވެއެެވެ.

ގުޅުންހުރި ލިޔުންތައް

26 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

10 ޖޫން 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

13 މެއި 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު