މާލެއިން މިއަދު އިތުރު ތިން މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ، 30 ވަނަ އަށް ފައްސިވި މީހާއަކީ ދިވެއްސެއް ކަމަށާއި 27 ވަނަ އަށް ފައްސިވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވި މީހެއް ކަމަށެވެ. އަދި 31 ވަނަ އަށް ފައްސިވި މީހާއަކީ ދިވެއްސެއް ކަމަށާއި 28 ވަނަ އަށް ފައްސިވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވި މީހެއް ކަމަށެވެ.
އެޗްޕީއޭ އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މާލެއިން އިތުރު މީހަކު ފައްސިވި ކަމަށެވެ. އަދި މި މީހާއަކީ ބަންގްލަދޭޝް މީހެއް ކަމަށާއި 30 ވަނަ އަށް ފައްސިވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވި މީހެއް ކަމަށެވެ.
މިއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިވަނީ 32 އަށް އަރައިފައެވެ.