މާމިގިލީ ހޮޓާ، ކެފޭ، ރެސްޓޯރެންޓުތަށް ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށް ޑެލިވެރީ ކޮށްދޭން ފަށައިފިއެވެ.

މާމިގިލި ކައުންސިލް އިން ނެރެފައިވާ އިއުލާނެއްގައި އޮތީ، ހޮޓާ، ކެފޭ، އަދި ރެސްޓޯރެންޓުތަށް ހިންގާ ފަރާތްތަކާ ކައުސިލާއި އެކު މަޝްވަރާކުރެއްވި އެންމެންގެ ސަލާމަތާއި ރައްކާތެރިވުމަށްޓަކައި 2020 އެޕްރީލް 17 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން ކައުންސިލުން ވަކިގޮތެއް އަންގަވަންދެން އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމަށް ވަނީ ނިންމައިފައެވެ.
ހޮޓާ، ކެފޭ، އަދި ރެސްޓޯރެންޓުތަށް ހިންގާ ފަރާތްތަކުގެ ވިޔަފާރި ހުއްޓުނަ ނުދިނުމަށް މާމިގިލި ކައުންސިލުން ވަނީ އެރަށުގައި ޑެލިވެރީ ކުރުމަށް ހުއްދަ ދީފައެވެ.
އަދި މާމިގިލި ކައުންސިލުން ނެރިފައިވާ އިއުލާނުގައިވާ ގޮތުން ޑެލިވަރީ ކޮށްދެވޭނީ، ކޮންޓްރެކްޓް އުސޫލުން ކާންދޭ މީހުން އުޅޭ ތަންތަނަށާއި، އާންމުން ދިރިއުޅޭ ގެތަކަށާއި، މަސައްކަތް ކުރާ ސައިޓްތަކަށާއި، އަދި ޑިއުޓީ ކުރާ ޕޯސްޓްތަކަށެވެ.