މާލެއިން 14 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްޕީއޭ އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް ފައްސިވި 27 ވަނަ މީހާގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ބުނީ، މިއީ މާލެއިން ފައްސިވި 14 ވަނަ މީހާ ކަމަށާއި މިހާރު މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
މިއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ދިވެހިންގެ އަދަދު މިވަނީ 19 އަށް އަރައިފައެވެ. އަދި ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް ފައްސިވި މީހުންގެ އަދަދު މިވަނީ 34 އަރައިފައެވެ.