މާލެއިން 15 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްޕީއޭ އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް ފައްސިވި 28 ވަނަ މީހާގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ބުނީ، މިހާރު މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
މިއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް ފައްސިވި މީހުންގެ އަދަދު މިވަނީ 35 އަށް އަރައިފައެވެ.
އިތުރު ތަފުސީލު އަންނަނީ….