މާލެއިން 16 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްޕީއޭ އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް 16 ވަނައަށް މާލެއިން ފައްސިވި މީހާއަކީ މާލޭ ފުލޫ ކްލިނިކަށް ދައްކަން އައި މީހެއްކަމަށާއި، މި މީހާއަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެއްކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ބުނީ، މިހާރު މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
މިއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު މިވަނީ 36 އަރައިފައެވެ.
އިތުރު ތަފުސީލު އަންނަނީ….