ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑޮކްޓަރު އަހްމަދު ޒާހިރު އަލީ ސޮއި ކުރަށްވާ ނެރުއްވި ބަޔާނުގައި ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާއި ގުޅިގެން 19 އޭޕްރީލް 2020 ވީ އަދިއްތަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދާއި ހަމައަށް ހުރިހާ ރަށެއްގައި ވެސް ޖަމާއަތުގައި ނަމާދު ނުކުރާނެ ކަމަށް ބުނެފައިވެއެވެ. މިހެން ކަމުން މިއަދުން ފެށިގެން އެއްވެސް ފަރުޟު ނަމާދެއް ހުކުރު ނަމާަދުހިމެނޭ ގޮތަށް 30 އޭޕްރީލް ވަނަ ދުވަހު އަސްރު ނާމާދާއި ހަމައަށް ޖަމާައަތުގައި ނުކުރާނެއެވެ. އަދި މިހާލަތު މިގޮތަށް ދެމި އޮވެއްޖެނަމަ ނުވަތަ މިއަށް ވުރެ ގޯސްވެއްޖެ ނަމަ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ތަރާވީސް ނާމާދުވެސް ނުކުރާ ގޮތަށް ވަނީ ނިންމާފައެވެ.
މި ހާލަތުގައި ނަމާދަށް ބަންގި ގޮވުމަށް ވަނީ ބަދަލު ގެނެސްފައެވެ. މިގޮތުން ބަންގީގެ ފަަހުން އިތުރު ކަލިމައެއްވަނީ އިތުރު ކޮށްފައެވެ. މިގޮތުން ”صلّوفي. بيوتكم“ މިހެން ބަންްްގިޔަށްފަހު ދެފަހަރު ގޮވުމަށް އިމާމުންނަށް އަންގާފަިވެއެވެ. މި ކަލިމައިގެ މާނައަކީ ”ގޭގައި ނަމާދު ކުރާށެވެ“.
އިސްލާމިކް މިނިސްޓްރީން ވަނީ ޖަމާއަތުގައި ނަމާދު ނުކުރެވުނު ކަމުގައިވީ ނަމަވެސް ގޭގައި ފަރުޟު ނަމާދުތައް އަދާކޮށް ސުންނަތް ނަމާދުތައްގިނަ ކޮށް އިސްތިޣުފާރު ކުރުން ގިނަ ކުރުމަށްވެސް ނަސޭހަތްތެރި ވެފަެވެ. އަދި ސަބަބުތަކުގައި ހިފާ ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ތަބާވުމަށްވެސް ވަނީ ނަސޭހަތްތެރި ވެފައެވެ.