މާލެއިން އިތުރު ބަންގްލާދޭޝް މީހަކު ފައްސިވެއްޖެއެވެ.

އެޗްޕީއޭ އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް މާލެއިން އިތުރު ބަދޭސީ މީހަކު ފައްސިވެފައިވާ ކަމަށާއި މި މީހާއަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެއް ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ބުނީ، މިހާރު މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
މިއާއި އެކު މާލެއިން ކޮވިޑް-19 އަށް މި ވަނީ 63 މީހަކު ފައްސިވެފައެވެ. އަދި ރާއްޖެއިން މުޅި ޖުމްލަ މި ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު މި ވަނީ 83 އަށް އަރައިފައެވެ. އަދި މިހާތަނަށް ރާއްޖެއިން މި ވަނީ 16 މީހަކު މި ބަލިން ރަނގަޅުވެފައެވެ.