ކޮވިޑް-19 އަށް މާލެއިން އިތުރު ދިވެއްސަކު ފައްސިވެ، ރާއްޖެއިން ފައްސިވެފައިވާ ދިވެހިންގެ އަދަދު 39 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް މާލެއިން އިތުރު ދިވެއްސަކު ފައްސިވެފައިވާ ކަމަށާއި މި މީހާއަކީ ކޭސް 52 ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ބުނީ، މިހާރު މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
މިއާއި އެކު މާލެއިން ކޮވިޑް-19 އަށް މި ވަނީ 64 މީހަކު ފައްސިވެފައެވެ. އަދި ރާއްޖެއިން މުޅި ޖުމްލަ މި ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު މި ވަނީ 84 އަށް އަރައިފައެވެ. އަދި މިހާތަނަށް ރާއްޖެއިން މި ވަނީ 16 މީހަކު މި ބަލިން ރަނގަޅުވެފައެވެ.
އިތުރު ތަފުސީލު އަންނަނީ….