މާލޭން ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ ކޭސް އެއް ފެނިގެން 15 އޭޕްރީލް ގައި 24 ގަޑިއިރަށް ނެރިފައިވާ ފުރަބަންދުގެ މުއްދަތް 14 ދުވަހަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިތުރުކޮށްފައެެވެ.

ފުރަބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ، ފުރަތަމަ ފަހަރަށް ސެނެހިޔާ ކައިރީގައި ހުންނަ ފުލޫ ކުލިނިކަށް ދައްކަން ދިޔަ ދިވެއްސަކު، އޭޕްރީލް 15 ވަނަ ދުވަހު ފައްސިވެ 24 ގަޑި އިރު ނުވަނީސް އޭނާގެ ޑައިރެކްޓް ކޮންޓެކްޓުތަކެއް ފައްސިވުމާއި ގުޅިގެންނެވެ. އަދި މި މީހާއަކީ ފައްސިވެފައިވާ މީހަކާ ކުރިން އެއްވެސް ވަރަކަށް ބައްދަލުވެފައިވާ މީހެއް ނޫކަން ހެލްތް ޕޮރްޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ވަނީ މުޅި ދިވެހި ރާއްޖެއަށް އަށް ކަށަވަރު ކޮށް ދެއްވާފައެވެ. މިހާރު މި ވައިރަސް ހަލުވިކަމާއެކު މި ވަނީ މުޖުތަމައު ތެރޭގައި ފެތުރެން ފަށައިފައެވެ.
ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ދަނީ ދުވަހަކުން ދުވަހެއް އިތުރުވަމުންނެވެ. މިހާރު މުޅި ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 84 މީހުންނެވެ. މީގެ ތެރެއިން 39 ދިވެހިންނާއި 45 ބިދޭސީއަކު ހިމެނެއެވެ.
މިއަދު 15:30 ގައި ކުރިއަށް ދިޔަ އޮންލައިން ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވެފައިވަނީ ލޮކްޑައުން ރަނގަޅަށް ގޮސްފިނަމަ ޕީކަށްގޮސް އަދި ހަމަޔަކަށް އެޅޭނެކަމަށެވެ. އަދި ހަމައެހެންމެ ޑރ. ނަޒްލާއާއި މަބްރޫކް އަޒީޒުވެސް ވަނީ ގޭގައި ތިބުމަށް އެތަށް ނިއުސް ކޮންފަރެންސެއްގައި އިލްތިމާސްކުރައްވާފައެވެ.
މިހާތަަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު 16 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި 80 އަހަރުގެ އުމުރުން ދުވަސްވީ މީހެއްގެ ޙާލު ސީރިއަސް ކަމަށް އެޗްޕީއޭއިން މިއަދު ވަނީ އިއުލާނުކޮށްފައިވެއެވެ.
”ކުއްލި ޚަބަރު“ ގެ އެދުމަކީ، ރައްކާތެރިވާން ބޭނުމިއްޔާ ގޭގައި ތިއްބަވާ، ސިއްހީ މާހިރުންގެ ލަފާގެ މަތިން އަމަލު ކުރުމަށާއި، ކޮވިޑް-19 މުޅި ރާއްޖެއިން ފިލާގެން ދަން ދެން ގޭގައި މަޑު ކުރުމަށެވެ.