Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

އަގު ބޮޑުކޮށް މުދާ ވިއްކާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓް ކުރުމަށް އެދިއްޖެ

ހުސައިން ޖިނާންލިޔުނީ:ހުސައިން ޖިނާން
22 އޭޕްރިލް 2020
އަގު ބޮޑުކޮށް މުދާ ވިއްކާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓް ކުރުމަށް އެދިއްޖެ

ފޮޓޯ: ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަގު ހެޔޮކޮށްފައިވާ ތަކެތި އަގުބޮޑުކޮށް ވިއްކާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެދިއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދީ ހާލަތު މި ވަނީ ވަރަށް ބޮޑައަށް ބަދަލުވެފައެވެ. މީގެ އަސަރު ވަނީ ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކޮށްފައެވެ.

އެހެންކަމުން ފިޔައި، އަލުވި، ބިސް އަދި ރީނދޫ މުގުގެ އަގު ވަނީ ހެޔޮ ކޮށްފައެވެ. އަދި މިތަކެތި އަގުބޮޑުކޮށް ގަވައިދާ ހިލާފަށް ވިއަކާނަމަ 100,000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ވިދާޅުވެފައިވަނީ، ފިޔައި، އަލުވި، ބިސް އަދި ރީނދޫ މުގު އަގު ބޮޑުކޮށް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ޝަކުވާ consumer@trade.gov.mv އަށް ފޮނުވުމަށް އެދިފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ، އަގު ހެޔޮކޮށްފައިވާ ތަކެތި އަގުބޮޑުކޮށް ވިއްކާކަމަށް ފާހަގަ ކުރެވިއްޖެ ނަމަ ފުރަތަމަ ފަހަރު، 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ކުށް ދެވަނަ ފަހަރަށް ތަކުރާރުވެއްޖެ ނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ވިޔަފާރި ކުރަމުންދާ ތަން 6 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ބަންދުކުރުމަށް އެންގޭނެކަމަށެވެ.

އަދި އެ މިނިސްޓްރީން ވަނީ ތަކުރާރުކޮށ،ް އަގު ހެޔޮކޮށްފައިވާ ތަކެތި އަގުބޮޑުކޮށް ވައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ދަންނަވާފައެވެ.

 

ގުޅުންހުރި ލިޔުންތައް

އެތަށް ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ލޯމިއާ މާމުއި

އެތަށް ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ލޯމިއާ މާމުއި

24 އޭޕްރިލް 2020

މާމިގިލީގައި ފިހާރަތަށް ހުޅުވުމަށް ވަކި ގަޑިއެއް ކަނޑައަޅާ ޑެލިވަރީ ފަށައިފި

18 އޭޕްރިލް 2020

މާމިގިލި ހޮޓާ، ކެފޭ، ރެސްޓޯރެންޓުތަށް ބަންދުކޮށް ޑެލިވެރީ ފަށައިފި

18 އޭޕްރިލް 2020

އިންޓަނެޓް މެދުވެރިކޮށް އެސްޓީއޯ ސްޕަމަރޓުން މިހާރު ވިޔަފާރި ކުރެވޭނެ

3 އޭޕްރިލް 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު