Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

ހޫނުގަދަ ގައުމުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު ލަސްވެދާނެ އެކަމަކު ނުހުއްޓޭނެ: ދިރާސާ

ހުސައިން ޖިނާންލިޔުނީ:ހުސައިން ޖިނާން
23 މާރޗް 2020
ހޫނުގަދަ ގައުމުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު ލަސްވެދާނެ އެކަމަކު ނުހުއްޓޭނެ: ދިރާސާ

ހޫނު ގަދަ ޤައުމުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު ލަސްވާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ އެމްއީޓީ ގެ ސައިންޓިސްޓުންތަކެއް ހެދި މި ދިރާސާއިން ދައްކާގޮތުން ކޯވިޑް-19 ބޮޑަށް ފެތުރިފައިވަނީ ފިނި ހޫނުމިން 3 ޑިގްރީ ސެލްސިއަސް އާއި 17 ޑިގްރީ ސެލްސިއަސް އާއި ދެމެދުގައި ހުރި ޤައިމުތަކުގައެެވެ. މިއަށްވުރެ ހޫނު ވިޔަސް ކޯވިޑް-19 ފެތުރޭނެ ކަމަށް އެ ދިރާސާއިން ދައްކައެވެ. ނަމަވެސް ފެތުރޭ މިންވަރު ފިނި ސަރަހައްދުތަކާއި ބަލާއިރު ލަސްކަމަށް ދިރާސާއިން އެނގެއެވެ.

ދުނިޔޭގެ ދެކުނު ތަނޑީގެ ޤައުމުތަކުގައ މިހާރު ހޫނު މޫސުން އޮތް އިރު، އެ ޤައުމުތަކުގެ އެވަރެޖް ފިނިހޫނުމިން އުޅެނީ 18 ޑިގްރީ ސެލްސިއަސްގައެވެ. އަދި މި ޤައުމުތަކުގައި ކޮވިޑު-19 ޖެހިފައިވާ އަދަދުތަކަށް ބަލާއިރު އެއީ މިހާތަނަށް ޖެހުނު މީހުންގެ 6 އިންސައްތައެވެ.

ދިރާސާ ހެދުމުގައި އިސްކޮށް އުޅުއްވި ޑރ.ޤާސިމް ބުހާރީ ފާހަގަކުރެއްވި ގޮތުގައި، ފިނި ސަރަހައްދުތަކުގައި ކޮވިޑު-19 ފެތުރުނު މިންވަރު އަވަހެވެ. މިސާލެއްގެ ގޮތުން ޑރ.ޤާސިމް ނެންގެވީ ޔޫރަޕުގެ ޤައުމުތަކެވެ. އަދި އެ ޤައުމުތަކުގައި ސިއްހީ ނިޒާމު އެހާ ކުރިއަރާފައިވާއިރުވެސް ކޮވިޑު-19 އެހާބޮޑަށް ފެތުރެމުންދަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއަށް ބަލާއިރު، ހޫނު ގަދަ ސްޓޭޓުތައް ކަމުގައިވާ އެރިޒޯނާ، ފްލޮރިޑާ އަދި ޓެކްސަސްގައި ކޮވިޑު-19 ފެތުރޭ މިންވަރުލަހެވެ. ނަމަވެސް ނިއުޔޯކް، ވޮޝިންޓަން އަދި ކޮލްރާޑޯގައި ކޮވިޑު-19 ދަނީ ބާރަށް ފެތުރެމުންނެވެ.

ހޫނު ގަދަ ތަންތަން ބާރަށް ނުފެތުރުނު ނަމަވެސް ވައިރަސް ފެތުރޭނެކަމަށް ޑރ.ބުހާރީ ވިދާޅުވިއެވެ. އަދި އެކަމަށް ސަމާލުކަންދީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރެއްވިއެވެ.

ބައެއް އެހެން ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކުންވެސް ދައްކާގޮތުން ފިނި ހޫނުމިނުން ކޯވިޑް-19 ފެތުރޭ މިންވަރަށް އަސަރު ކުރެއެވެ. މިގޮތުން ޗައިނާގައި ކޯވިޑް-19 ފެތުރުނުއިރު ހޫނު ގަދަ ސިޓީތަކުގައި ވައިރަސް ފެތުރުނު މިންވަރު ލަސްކަމަށް ދިރާސާތަކުން ދައްކައެވެ.

އެހެން ނަމަވެސް ކޮވިޑް-19 ޖައްސާ ވައިރަސް އަކީ އާންމު ހޫނު ގަދަ މާހަލަށް ބަލި ވައިރަސްތަކާއި ބަލާއިރު ހޫނަށް އެހާ ބަލި ވައިރަސްއެއް ނޫނެވެ. އެހެން ކަމުން ހޫނު ގަދަ ޤައުމުތަކުގައިވެސް ލަހުން ނަމަވެސް ވައިރަސް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މި ވައިރަސް އަކީ މުޅިން އާ ވައިރަހެއް ކަމުން ވައިރަސް ގެ ގިނަ ކަންތައްތައް ސައިންސްވެރިންނަށް ވަނީ ނުހޯދިފައެވެ.

އެހެން ކަމުން މިފަދަ ދިރާސާއަކުން ހޫނު ގަދަ ޤައުމުތަކުގައި ފެތުރޭ މިންވަރު ލަސްކަމަށް ފެނުނުނަމަވެސް، ހޫނު ގަދަ ހިސާބުތަކުގައިވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަން ސައިންސްވެރިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

26 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

10 ޖޫން 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

13 މެއި 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު