މާލެއިން އިތުރު 9 މީހަކު ފައްސިވެއްޖެއެވެ.

އެޗްޕީއޭ އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް މާލެއިން އިތުރު 9 މީހަކު ފައްސިވެފައިވާ ކަމަށާއި މި 9 މީހުންގެ ތެރޭގައި ބަންގްލަދޭޝް އަށް ނިސްބަތްވާ 5 މީހަކާއި 4 ދިވެހިން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ބުނީ، މިހާރު މި 9 މީހުން ވެސް އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
މިއާއި އެކު މާލެއިން ކޮވިޑް-19 އަށް މި ވަނީ 75 މީހުން ފައްސިވެފައެވެ. ރާއްޖެއިން މިހާތަނަށް މިބައްޔަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު މިވަނީ 94 އަށް އަރައިފައެވެ. އަދި މިހާތަނަށް ރާއްޖެއިން މި ވަނީ 16 މީހަކު މި ބަލިން ރަނގަޅުވެފައެވެ.
އިތުރު ތަފުސީލު އަންނަނީ…