Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

”ރޭޑިޔޯ“ އާއި އެކު، ސިޔަރަތު އަދި ވާހަކަތައް ޖީބަށް

ހުސައިން ޖިނާންލިޔުނީ:ހުސައިން ޖިނާން
24 އޭޕްރިލް 2020

ދިވެހިން ތެރޭގައި މަގުބޫލު ރޭޑިޔޯ ވާހަކަތަކާއި، ޕްރޮގްރާމްތައް އޮންލައިންކޮށް އަޑުއަހާލެވޭ ވެބްސައިޓެއް ލޯންޗުކޮށްފިއެވެ.

”ރޭޑިއޯ“ ވެބްސައިޓް ފަރުމާކުރި އަޙްމަދު އަނަސް ”ކުއްލި ޚަބަރު“ އަށް މަޢުލޫމާތުދެމުން ބުނެފައިވަނީ މި ވެބްސައިޓަކީ ރޭޑިޔޯއިން އަޑުއަހާ ދިވެހިންގެ ތެރޭގައި މަގުބޫލު ވާހަކަތަކާއި ޕްރޮގްރާމްތައް ކޮންމެ ގަޑިއަކުވެސް އަޑުއަހާލެވޭނެ ގޮތް މަގުފަހިކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ.

އަނަސް ބުނީ މި ވެބްސައިޓަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ހާއްސަކޮށްގެން ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ.

”މުޅި ވެބްސައިޓު ހުންނާނީ ދިވެހި ބަހުން. ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ހަދަން ދިވެހިން ހެދީ“ އަނަސް ބުންޏެވެ.

”ރޭޑިއޯ“ ވެބްސައިޓަށް ޒިޔަރާތްކުރުމަށް މި ލިންކަށް ފިއްތާލާ.

”ރޭޑިޔޯ“ ވެބްސައިޓް އިން މިހާރުވެސް ކީރިތި ރަސޫލާގެ ސިޔަރަތާއި، ޝާހްޒާދާ މުމްތާޒް ވާހަކައާއި، ބޯމްބެ ވާހަަކައިގެ އިތުރުން މިއުރާޖް މައުލޫދުގެ ހުރިހާ އެޕިސޯޑެއް އަޑުއަހާލެވޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ވެބްސައިޓު އިތުރަށް ފުޅާ ކުރަމުން ދާނެ ކަމަށާއި، އެގޮތުން ބޮޑުތަކުރުފާނު ވާހަކަ އާއި، އަލިފް ލައިލާ ވާހަކަ އާއި، ދީނީ ދަރުސްތަކާއި، ދީނީ ވާހަކަތައް ހިމެނުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާކަމަށް އަނަސް ވަނީ ބުނެފައެވެ.

އަނަސް އިތުރަށް ބުނީ ”ރޭޑިޔޯ“ އަކީ މިރަމަޟާން މަހު، ގޭގައި ތިބެން ޖެހިފައިވުމާއެކު، ގޭގައި ތިބެގެން ފަސޭހަކަމާއެކު ސިޔަރަތު އަޑުއަހާލާ، ވާހަކަ އަޑުއަހާލުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން، ލޯތްބާއެކު ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

26 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

10 ޖޫން 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

13 މެއި 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު