މީގެ 27 އަހަރު ކުރިން 1991 ވަނަ އަހަރު ޔޫއޭއީ ގައި އެކްސިޑެންޓްވި މުނީރާ ޢަބްދުﷲ ހޭ އަރައިފިއެވެ.

ޔޫއޭއީގެ އަލްއައިނުގައި ސްކޫލް ބަހެއްގައި މުނީރާ ދަތުރުކުރަމުންދިޔަ ކާރު ޖެހި އެކްސިޑެންޓްވުމާ ގުޅިގެން މުނީރާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބި ހޭނެތުނެވެ. އޭރު މުނީރާގެ ޢުމުރަކީ 32 އަަހަރެވެ. އެ އެކްސިޑެންޓް ހިނގިއިރު މުނީރާއިން ކާރުގައި އޭނަގެ ދަރިފުޅު (އޭރު ޢުމުރުން 4 އަހަރު) ވެސް އިނެވެ. ނަމަވެސް މުނީރާގެ މަސައްކަތުން އޭނާގެ ދަރިފުޅަށް ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވިއެވެ.
މުނީރާއަށް ލިބުނު ގެއްލުންތަކަށް ފުރަތަމަ ފަރުވާދިނީ ޔޫއޭއީ އާއި ލަންޑަންގައެވެ. ނަމަވެސް، އެކަށީގެންވާ ފަރުވާއެއް ލިިބިފައިނުވާތީ ޔޫއޭއީގެ ސަރުކާރުގެ އެހީއާއެކު ޖަރުމަނު ވިލާތުން ފަރުވާ ދިނެވެ. މުނީރާ ހޭއަރާފައިވަނީ ޖަރުމަނު ވިލާތުން ފަރުވާ ދެމުންދަނިކޮށެވެ.
މުނީރާގެ ދަރިފުޅު ބުނެފައިވަނީ، ބަލި އެނދުގައި ހޭނާރާ މިހާ ދުވަސްވީއިރުވެސް އުންމީދު ކަނޑާނުލާކަމަށާއި، ފަރުވާ ދިނުމުގައި ފަރުވާކުޑަނުކުރާކަަމަށެވެ. މުނީރާ ހޭއެރިކަން ފުރަތަމަ އެނގުނީވެސް މުނީރާގެ ދަރިފުޅަށެވެ. އެގޮތުން، މުނީރާގެ ދަރިފުޅު ނިދާފައިވަނިކޮށް ދަރިފުޅުގެ ނަމުން މުނީރާ ގޮވާލިކަމަށާއި، އެ ވަގުތުވެސް އެއީ މަންމަގެ އަޑުކަން ދަރިފުޅަށް އިހުސާންކުރެވުނުކަމަށް ދަރިފުޅު ބުނެފައިވެއެވެ.