މާލެއިން އިތުރު 13 މީހަކު ފައްސިވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އޮންލައިން ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ މީގެ ތެރެއިން 12 މީހުން ފައްސިވިކަން ހާމަކޮށްފައެވެ.
އެޗްޕީއޭ އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް މާލެއިން އިތުރު މީހަކު ފައްސިވެފައިވާ ކަމަށާއި މި މީހާއަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެއް ކަމަށާއި ކުރިން ފައްސިވެފައިވާ 12 މީހުނަކީ ދިވެހިން ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ބުނީ، މިހާރު މި 13 މީހުން ވެސް އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
މިއާއި އެކު ރާއްޖެއިން މިހާތަނަށް މިބައްޔަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު މިވަނީ 129 އަށް އަރައިފައެވެ. އަދި މިހާތަނަށް ރާއްޖެއިން މި ވަނީ 16 މީހަކު މި ބަލިން ރަނގަޅުވެފައެވެ.
އިތުރު ތަފުސީލު އަންނަނީ…