ރާއްޖެއިން އިތުރު 3 މީހަކު ފައްސިވެ، ރާއްޖެއިން މިއަދު މުޅި ޖުމްލަ 50 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްޕީއޭ އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް މާލެއިން އިތުރު 3 މީހަކު ފައްސިވެފައިވާ ކަމަށާއި މި 3 މީހުންގެ ތެރޭގައި ޕާކިސްތާން އަށް ނިސްބަތްވާ މީހަކާއި، ދެ ދިވެހިން ހިމޭނޭ ކަމަށެވެ.
އެޗްޕީއޭ އިން އިތުރަށް މި ޓްވީޓްގައި ބުނެފައިވަނީ، މި 3 މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
މިއާއި އެކު ރާއްޖެއިން މިހާތަނަށް މިބައްޔަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު މިވަނީ 191 އަށް އަރައިފައެވެ. އަދި ރާއްޖެއިން މި ވަނީ 16 މީހަކު މި ބަލިން ރަނގަޅުވެފައެވެ.
މިއީ ރާއްޖެއިން ފުރަތަމަ ފަހަރަށް އެއްދުވަހަކާ 50 މީހުން ކޮވިޑް-19 އަށް ފައްސިވި ފަހަރެވެ.
އިތުރު ތަފުސީލު އަންނަނީ…