ރާއްޖެއިން މިއަދު އިތުރު 23 މީހަކު ފައްސިވެފައިވާކަމަށް އެޗް.ޕީ.އޭ.އިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، މިއަދު އިތުރު 23 މީހަކު ފައްސިވެ، ރާއްޖޭގައި މިހާތަނަށް 214 މީހަކު ފައްސިވެފައިވާކަމަށާއި، އެއްވެސް ކްލާސްޓަރ އެއްގައި ނުހިމެނޭ 11 މީހަކުވެސް ފާހަގަވެފައިވާކަމަށެވެ.
ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 73 މީހެއްގެ ގައިން ބަލި ފެނިފައިވާކަމަށާއި، ޑެލިވަރީގެ މަސައްކަތް ކުރާ މީހުންގެ ސިއްހީ ހާލަތު ހުރި ގޮތް ބަލައި، ކޮންމެ ދުވަހަކު އެމީހުންގެ ހާލަތު ބެލުމަކީ ވަރަށް މުހިންމުކަމެއްކަމަށާއި، އެއްވެސް ވަރަކަށް އަލާމާތެއް ހުރި ނަމަ، އެކަން އަންގަންޖެހޭކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް 214 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، މި ބަލިން 17 މީހަކު ވަނީ ރަނގަޅުވެފައެވެ. ކޮންޓްރޯލެއްނެތި ރާއްޖޭގައި ކޮވިޑް ފެތުރިގެންދާއިރު، މިހާތަނަށް 253 ތަނެއް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވެއެވެ. އަދި، އައިސޮލޭޝަން ފެސިލިޓީތަކުގައި 156 މީހަކު ތިބިއިރު، ކަރަންޓީނު ފެސިލިޓީތަކުގައި 1281 މީހަކު އެބަތިއްބެވެ.