މިއަދު އިތުރަށް ފައްސިވި 24 މީހުންނާއެކުު ރާއްޖެއިން ޖުމްލަ ފައްސިވި މީހުންގެ އަދަދު 250 އަށް އަރައިފިއެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، މިއަދު ފެނުނީ އެހެން ތަފާތު ކްލާސްޓާތަކާ ގުޅިފައިވާ ކޭސްތަކެއް ކަމަށާއި، އައު ކޮންޓެކްޓްތަކެއް ނުފެންނަކަމަށެވެ.
ޑރ.އަފްޒަލް އިތުރަށް ވިދާޅުވީ، ރާއްޖެއިން ފައްސިވި މީހުންގެ ޢުމުރު ފުރާތަކަށް ބަލާއިރު، 144 މީހުންނަކީ ޢުމުރުން 12 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންކަމަށާއި، ޢުމުރުން ދުވަސްވީ މީހުންގެ ގޮތުގައި ދެމީހުން ފެނިފައިވާކަމަށާއި، 12 އަހަރުން ދަށުގެ 33 ކުދިން ހިމެނޭކަމަށެވެ.
ރާއްޖެއިން މިހާތަނަށް 250 މީހުން ފައްސިވެފައިވާއިރު، މިބަލިން 17 މީހަކު ވަނި ބަލިން ރަނގަޅުވެފައެވެ.