ޗައިނާގައިި މިދިޔަ ހަފުތާގައި އިންސާނެއްގެ ކަންފަތް ތެރޭގައި މަކުނެއް ވާފުރާފައި ވަނިކޮށް ނަގައިފިއެވެ.

އެނާގެ ކަަންފަތް ތެރޭގައި އެ މަކުނު އުޅޭކަން އެނގުނީ ކަންފަތް ދުޅަވެ، ކަންފަތުގައި ރިއްސާ އަދި ކަންފަތް ހިރުވާތީ ހޮސްޕިޓަލަށް ގޮސް ޑޮކްޓަަަަރަށް ދައްކާ ހެދި ސްކޭންތަކުންނެވެ. އޭނާ ބުނާ ގޮތުގައި ކަންފަތް ތެރޭގައި އެ މަކުނު އުޅޭތާ ހަފްތާއެއް ވެފައިވެއެވެ.
އުމުރުން ދުވަސްވެފައިވާ އަންހެން މީހާގެ ކަންފަތް ތެރޭގައި އެ މަކުނު އުޅޭ ވީޑިއޯއެއް ހޮސްޕިޓަލުން ވަނީ އާންމު ކޮށްފައެވެ. ވީޑިއޯއިން މަކުނު ވާފުރާފައި ވާތަނާއި ކަންފަތް ތެރޭގައި މަކުނު ދުވާތަން ފެނިގެން ދެއެވެ. މީގެ އިތުރުން އެ ވީޑިއޯ ވަނީ ޗައިނާގެ އިޖުތިމާއީ ވިއުގަތަކުގައި އާންމުވެގެން ގޮސްފަ އެވެ.
ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރު ކަންފަތް ބެލުމަށް ފަހު އޭނާގެ ކަންފަތް ތެރެއިން މަކުނު ވާ ގުޅައެއް ފެނުމުން އެންގީ އޮޓޯސްކޮޕީ ސްކޭންް އެއް ހެއްދުމަށެވެ. ސްކޭން ހެދުމަށްފަހު ޑޮކްޓަރުން ވަނީ ކެމިކަލް ބޭނުންކޮށްގެން އެ މަކުނު މަރާލުމަށްފަހު ޓްވިޒަރަކުން މަކުުނު ނަގާފައެވެ.
އަންހެން މީހާ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދޭ ގޮތުގައި ކަންފަތަށް މަކުނު ވަނީ މޭބިސްކަދުރު ދަނޑެއްގައި މަސައްކަތުގައި އުޅެނިކޮށް ކަމަށެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އޭނާގެ ކަންފަތުގެ ހިނދުރިއާ ހަމައަށް މަކުނު ނުދާތީ އޭނާގެ ކަންފަތަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި އެ މަކުނު ވަރަށް ކުޑަ ކަމަށާއި އެ ހިސާބަށް މަކުނު ދިޔަނަމަ އިވުމުގެ ހިއްސު ގެއްލިދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޑޮކްޓަރުން ވިދާޅުވެފައި ވަނީ މީ މިކަހަަލަ ކަމެއް ދިމާވި ފުރަތަމަ ފަަހަރު ނޫން ކަމަށެވެ.
މިދިޔަ އަހަރު ވެސް ވަނީ އިންސާނެއްގެ ކަންފަތުން ވަރަށް ވިހަގަދަ މަކުނެއް ފެނިފައެވެ.