މިއަދު އަލަށް ފައްސިވި 72 މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އަދަދު 468 އަށް އަރައިފިއެވެ.

އެޗް.ޕީ.އޭ އިން ދެންމެ ކުރި ޓްވީޓެއްގައިވާ ގޮތުން މޮނިޓަރިންގެ ޙާލަތުގައި އޮތް ލޭބަރ ކުއަރޓާއަކުން ނަގާފައިވާ 72 މީހެއްގެ ސާމްޕަލް ފައްސިވެފައިވާ ކަމަށާއި، އެ މީހުންނަކީ ބަނގްލަދޭޝް މީހުންކަމަށް ބުނެފައިވެއެވެ.
މި އެންމެންނަކީވެސް ”ސީސީސީ“ ކުންފުންޏަށް ނިސްބަތްވާ އެއް ކްލާސްޓާއެއް ކަމަށާއި، ފައްސިވި މީހުން މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗް.ޕީ.އޭ އިން މަޢުލޫމާތު ދެއެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުންދާއިރު، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންނަށް ކޮވިޑްގެ ނުރައްކާ ބޮޑުކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.