ރާއްޖެއިން އިތުރު 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްޕީއޭ އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް މާލެއިން އިތުރު 14 މީހަކު ފައްސިވެފައިވާ ކަމަށާއި މި 14 މީހުންގެ ތެރޭގައި ބަންގްލަދޭޝް އަށް ނިސްބަތްވާ 9 މީހަކާއި، ނޭޕާލް އަށް ނިސްބަތްވާ 2 މީހަކާއި، 3 ދިވެހިން ހިމޭނޭ ކަމަށެވެ.
އަދި އެއްޔެ 17:45 ގައި އެޗްޕީއޭއިން ވަނީ އިތުރު 8 ކޭސް އިޢުލާން ކޮށްފައެވެ. މި ކޭސް ގައި ހިމެނެނީ 3 ބަންގްލަދޭޝް 3 މީހަކާއި 5 ދިވެހިންނެވެ.
މިއާއި އެކު ރާއްޖެއިން މިހާތަނަށް މިބައްޔަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު މިވަނީ 541 އަށް އަރައިފައެވެ. އަދި ރާއްޖެއިން މި ވަނީ 17 މީހަކު މި ބަލިން ރަނގަޅުވެފައެވެ.