Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

އިތުރު ދެ މީހަކު ކޯވިޑް-19އިން ރަނގަޅުވެއްޖެ

ހުސައިން ޖިނާންލިޔުނީ:ހުސައިން ޖިނާން
23 މާރޗް 2020
އިތުރު ދެ މީހަކު ކޯވިޑް-19އިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާދެމުން ދިޔަ އިތުރު ދެމީހަކު ބަލިން ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

މިހާތަނަށް މީގެ ކުރިން ވައިރަސް ޖެހުނު ތިން މީހަކު ބަލިން ވަނީ ރަނގަޅުވެފަ އެވެ. މިއަދު ރަނގަޅުވި މީހާއާއެކު ޖުމްލަ މިހާތަނަށް ފަސް މީހަކު ވަނީ ވައިރަސް ޖެހިގެން ރަނގަޅުވެފަ އެވެ.

މިއަދު މެންދުރުފަހު، ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމިުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ، ޕޮޒިޓިވްފައި ތިބި މީހުންގެ ތެރެއިން އިތުރު ދެމީހަކު ވައިރަހަށް ނެގަޓިވްވުމުން މިހާރު އެމީހުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ޖުމްލަ ފަސް މީހުން ބަލިން ރަނގަޅުވުމުން މިހާރު ފަރުވާދެނުން އަންނަނީ އަށް މީހަކަށް ކަމަށް ޑރ. މުހައްމަދު އިސްމާއިލް ފާހަގަ ކުރެއްވި އެވެ.

”[ވައިރަހުން މީހުން ރަނގަޅުވުމުގެ] މާނައަކީ އަޅުގަނޑުމެންނަށް އޮތް ރިސްކު ކުޑަވެގެން ދިޔުމެއް ނޫނޭ. އަޅުގަނޑުމެން ގޭގައި އެކަހެރިވެގެން ތިބުން ނުވަތަ ސޯޝަލް ޑީސްޓެންސިން ހުއްޓާލުމެއް ނޫނޭ،“ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ޑރ. ވިދާޅުވީ، އަދިވެސް ރާއްޖެއަށް މީހުން އަންނަމުންދާ ކަމަށާއި ބަލި މީހުންނަށް ފަރުވާދެމުންދާއިރު، ބައެއް މީހުން ކޮންޓެކްޓީންކޮށްފައިވެސް ވާކަމަށެވެ. އެހެން ކަމުން އަދިވެސް ރާއްޖެއަށް ނުރައްކާ އެބައޮތް ކަމަށް ޑރ. ވިދާޅުވި އެވެ.

”ހާއްސަކޮށް މި ދުވަސްވަރު ވަކިން ނުވަތަ ސޯޝަލް އައިސޮލޭޝަންގައި ތިބުމުގެ ބޭނުމަކީ، ކޮންމެ ބަލިމީހެއްގެ ފަރާތުން ގާތްގަނޑަކަށް ދޭއް ނުވަތަ ތިން މީހުންނަށް ވައިރަސް ފެތުރިފައި ހުރެދޭނެ. އެހެންވެއްޖެ ނަމަ އެމީހުންގެ ފަރާތުން އަނެއްކާވެސް އެހެން މީހުންނަށް ފެތުރިދާނެ،“ ބަލީގެ ނުރައްކާތެރިކަން ހާމަކުރުމުން ޑރ. ވިދާޅުވި އެވެ.

އެހެން ކަމުން މިދުވަސްކޮޅު ގޭގައި މަޑުުކުރުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅު ކަމަށް ޑރ. ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން 673 ސާމްޕަލް ވައިރަހަށް ޓެސްޓު ކުރިއިރު 660 މީހުން ވަނީ ވައިރަހަށް ނެގެޓިވްވެފަ އެވެ. ކަރަންޓިންގައި ތިބި ޖުމްލަ މީހުންގެ އަދަދަކީ، 496 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

26 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

10 ޖޫން 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

13 މެއި 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު