ރާއްޖެއިން އިތުރު 44 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ފައްސިވި މީހުންގެ އަދަދު 618 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 44 މީހަކު ފައްސިވެފައިވާ ކަމަށާއި، މި 44 މީހުންގެ ތެރޭގައި 8 ދިވެހިންނާއި، ބަންގްލަދޭޝް އަށް ނިސްބަތްވާ 34 މީހަކާއި، އިންޑިއާ ދެ މީހަކު ހިމެނޭ ކަމަށެވެ.
އަދި މީގެ އިތުރުން ވެސް މިއަދު ވަނީ ރާއްޖެއިން ކޮވިޑް-19 ގެ އިތުރު ކޭސްއެއް ފެނިފައެވެ. މި ކޭސްގައި ހިމެނެނީ ބަންގްލަދޭޝް މީހެކެވެ.
މިއާއި އެކު ރާއްޖެއިން މިހާތަނަށް މިބައްޔަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު މިވަނީ 618 އަށް އަރައިފައެވެ. އަދި ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 20 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
އިތުރު ތަފުސީލު އަންނަނީ…