ބޭނުންވާ ތަކެތި:

5 ޖޯޑު ކަރާ (އޮށް ނަގައިފަ)
1/2 ޖޯޑު ކިއުކަމްބާ (ތޮށި މަށާ، ކުދިކޮށް ކޮށައިފަ)
5 – 10 މިންޓް ލީވްސް ބޮޑެތިކޮށް ކޮށައިފަ
3 މސ ހަކުރު
1 މސ ލުނބޯ ދިޔަ
ދެ އިނގިލި ކުރިން ހިފައިލެވޭ ވަރުގެ ލޮނުކޮޅެއް
އައިސްކިއުބް
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ހުރިހާ އިންގްރިޑިއަންޓެއް ބްލެންޑަރަށް އަޅައިގެން ރަނގަޅަށް ގިރައިލާނީއެވެ. ދެން ފެންފޮދު ފުރާނާލުމަށްފަހު ކަރާކޮޅުތަކާއި އައިސްކިއުބް ބްލެންޑަރަށް އަޅައިގެން ރަނގަޅަށް ގިރައިލާނީއެވެ. އެޔަށް ފަހު ދެބައި އެއްކޮށްލާ، ސާރވް ކުރާނީއެވެ.