ގޫގުލް ޕްލޭގެ އެންމެ ކަމުދާ ގޭމް އެވޯޑް ކެޓަގަރީގެ އެއްވަނަ ”ފޭން ފޭވަރިޓް“ ގޭމަކަށް 2018 ވަނަ އަހަރު ވެފައިވާ ”ޕަބްޖީ“ އަކީ ދުނިޔޭގެ އިތުރުން ދިވެހިންގެ ތެރޭގައި ވެސް އެންމެ މަގްބޫލު، ”ޒުވާނުން“ ދެވި ހިފާފައިވާ ގޭމެކެވެ. ޕަބްޖީ ކުޅުންތެރިން މި ގޭމުގެ 13 ވަނަ ސީޒަން އަށް ކުރުމުން އައި އިންތިޒާރަށް އެއްޔެ ވަނީ ނިމުމެއް އައިސްފައެވެ. އެގޮތުން ޕަބްޖީގެ 13 ވަނަ ސީޒަންގެ އަޕްޑޭޓްތަށް ވަރަށް ވެސް ތަފާތެވެ.

13 ވަނަ ސީޒަން، މިފަހަރުގެ ތީމްއަކީ ”ޓޯއީ ޕްލޭ ގްރައުންޑް“ އެވެ. މީގެ އިތުރުން ތަފާތު ”ފީޗާސް“ ތަކާއެކު ވެޕަން ސްކިން އާއި، އައުޓްފިޓްސްތަކާއި، އާރް ޕީ މިޝަންސްތަކުގެ އިތުރުން މިރަންމާ މެޕަަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެެވެ. އެގޮތުން މިރަންމާ މެޕަށް ވަނީ އައު ދެ ސަރަހަށްދު އިތުރު ކޮށްފައެވެ. އެއީ ”އޯސިސް“ އާއި ”އާބަން ރުއިންސް“ އެވެ. އަދި މިރަންމާ މެޕަަށް ވަނީ ވެލީގެ ތޫފާނެއް އަންނަ ފީޗާއެއް އިތުރު ކޮށްފައެވެ. މީގެ އިތުރުން ވެސް ބައިވަރު އެރަށް ފީޗާސްތަކެއް ވަނީ 13 ވަނީ ސީޒަންއަށް އައިސްފައެވެ.
އެންމެ ފުރަތަމަ ގޫގުލް ޕްލޭ ސްޓޯރަށް ތައާރަފްވި ދުވަހުން ފެށިގެން ވެސް މަގުބޫލުކަން ހޯދާފައިވާ ޕަބްޖީ އަކީ މިއަދު ގޫގުލް ޕްލޭ ސްޓޯރުން 27،608،086 މިލިއަން ފަހަރު ޑައުންލޯޑް ކޮށްފައިވާ ގޭމެކެވެ.
ޕަބްޖީ އާއި އެންމެ ވާދަވެރި ގޭމަކީ ބެޓަލް ރޯޔަލް ގޭމެއް ކަމަށްވާ ”ކޯލް އޮފް ޑިއުޓީ (ސީއޯޑީ)“ އެވެ. އަދި ރާއްޖޭގައި ޕަބްޖީ ކުޅޭ ޒުވާނުން ފަހަކަށް އައިސް ޕަބްޖީ މުބާރާތްތައް ދަނީ ބާއްވަމުންނެވެ.
ޕަބްޖީ އަބަދުވެސް ތަފާތު ވާނެ