ބޭނުންވާ ތަކެތި:

1/2 ޖޯޑު ގޮދަންފުށް
1 ސައި ސަމުސާ މާޖިރީން
1 މޭޒުމަތީސަމުސާ އީސްޓު (1/2 ޖޯޑު ހިހޫ ފެނަށް އަޅާފައި)
1 ދަޅު ފެންމަސް ނުވަތަ ތެޔޮމަސް
100 ގުރާމް މޮޒަރެއްލާ ޗީޒް
5 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް
1 ފިޔާ (ކުދި، ގޮޅިކޮށް ކޮށާފައި)
1 ލޮނުމެދު (ގާނާފައި)
1 ޓޮމާޓޯ (ބޮޑު، ވައްފޮއްޗަށް ކޮށާލާފައި)
1 ކެޕްސިކަން ( ވައް ފޮއްޗަށް ކޮށާލާފައި) ނުވަތަ ބެލްފެޕާ ފަޅިއެއް (ކަރުގަނޑު ނަގާފައި އަރިމަތިން ކޮށާފައި)
5 ޒައިތޫނި ( އޮލިވް، މެދުން ފަޅާފައި، އޮށް ނަގާފައި)
4 މަޝްރޫމް ( ކޮށާފައި)
1/2 ސައިސަމުސާ ހަކުރު
ލޮނު، އަސޭމިރުސް، ތެޔޮ، ގިތެޔޮމިރުސް (ބޭނުން ނަމަ)
ފުށްގަނޑު މޮޑޭ ގޮތް:
ފުއް، ހަކުރު، ލޮނު، މާޖިރީން، އީސްޓް އަޅާގެން ފުށްގަނޑު މޮޑުމަށްފަހު، އެއްޗަކަށް ލާފައި، މަތި ބަންދު ކޮށްފައި، 15 މިނެޓް ވަންދެން ބެހެއްޓުން
މަސްގަނޑު ތައްޔާރު ކުރާގޮތް:
ތެޔޮ ފޮދެއްގައި ފިޔާ މީރުކޮށްފައި މަހާއި، ލޮނުމެދާއި، މަޝްރޫމާއި، އަސޭމިރުސް އެޅުން. ލޮނު ހެޔޮވަރުކުރުން. ބޭނުންނަމަ ގިތެޔޮ މިރުސް ވެސް އެޅިދާނެ. 3މިނެޓް ވަންދެން ރަނގަޅަށް އެއްކޮށްލާފައި އުދުން ނިއްވާލުން.
ޕިއްޒާ ހަދާ ގޮތް:
ތަބަކުގައި ތެޔޮ ފޮދެއް ހާކާލުމަށް ފަހު، އޭގެ މަތީގައި ފުއްގަނޑު ފަތުރާލުން. ފުއްގަނޑު މަތީގައި ޕިއްޒާ ސޯސްގެ ދެބައި ކުޅަ އެއްބާ ހޭކުން. 190c ގައި އަވަން ބެހެއްޓުމަށްފަހު ހަމަ އެކަނި މަތި ފިހެވޭ ގޮތަށް ބަހައްޓައިގެން، 10 މިނެޓިް ވަންދެން ޕއްޒާ ފިހެލުން.ޕއްޒާ ފުއްގަނޑު ނަގާފައި އޭގެ މަތީގައި މަސްކޮޅު ފަތުރާލުން. އަދި ޒައިތޫންޏާއި، ބެލްފެޕާ ނުވަތަ ކެޕްސިކަމް، ޓޮމާޓޯ އަތުރާލުމަށްފަހު، ބާކީ ހުރި ސޯސް އެޅުން. އޭގެ މައްޗަށް (ބޭނުންވާ ވަރަކަށް). މޮޒެރެއްލާ ޗީޒް ގާނާފައި އެޅުން. އަލުން ފިހަން ލުން. މިފަހަރު އަވަން ބަހައްޓާނީ ތިރި ފިހޭގޮތަށް 190c ގައި ބެހެއްޓައިގެން 10މިނެޓް ވަންދެން ފިހެލުން.
ފުއްގަނޑު ނަހަދާ، ބާޒާރުގައި ވިއްކަން ހުންނަ ޕިއްޒާ ފުއްގަނޑުވެސް މިޕިއްޒާ ހެދޭނެ.