Flowers in Chania
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު
Flowers in Chania
#

ފަހުގެ ލިޔުންތައް

28 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

6 އޮކްޓޯބަރ 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

6 އޮކްޓޯބަރ 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

މަންޑޭ ގިނަ އަދަދެއްގެ މާސްކާއި، ސެނެޓައިޒާ ހަދިޔާކޮށްފި

ހުސައިން ޖިނާންލިޔުނީ:ހުސައިން ޖިނާން
10 މެއި 2020

ހަމްބޯ މޯލްޑިވްސްގެ ވެރިޔާ އަދި ޒުވާން ވިޔަފާރިވެރިޔާ، ހަސަން މަމްދޫހު (މަންޑޭ) ގއ.އަތޮޅަށާއި، އައްޑޫ ސިޓީއަށް އަދި މާލޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯސީ) އަށް ގިނަ އަދަދެއްގެ މާސްކާއި ސެނެޓައިޒާ ހަދިޔާ ކުރައްވައިފިއެވެ.

އިތުބާރު ކުރެވޭ ފަރާތަކުން ”ކުއްލި ޚަބަރު“ އަށް މައުލޫމާތު ދެމުން ބުނީ މަންޑޭ ގއ.އަތޮޅަށް 500 މާސްކާއި 96 ފުޅި ސެނެޓައިޒާ، އައްޑޫ ސިޓީއަށް 1500 މާސްކާއި 96 ފުޅި ސެނެޓައިޒާ އަދި ނޭޝަނަލް އެމަޖެންސީ ސެންޓަރަށް 2000 މާސްކާއި 100 ފުޅި ސެނެޓަައިޒާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މަންޑޭ ހަދިޔާ ކުރި މާސްކްގެ ޖުމްލަ އަދަދު 4000 އަށް އަރައެވެ. އަދި ސެނެޓައިޒާގެ އަދަދު 292 އަށް އަރައެވެ.

”މިހާރު ގއ.އަތޮޅާއި އައްޑޫ ސިޓީ އަށް މަންޑޭ ހަދިޔާ ކުރެއްވި ތަކެތި ފޮނުވުމުގެ މަސައްކަތް ދަނީ ކުރިއަށް. މާދަމާގެ ވަގުތެއްގައި އެތަކެތި ރަށްރަށަށް ދާނެ. އެންއޯސީ އާއި މިހާރު ވަނީ ތަކެތި ހަވާލު ކޮށްފައި.“ މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ.

އެންއޯސީގެ އޮފިޝަލަކު ނަން ނުޖެހުމަށް އެދި ”ކުއްލި ޚަބަރު“ އަށް މައުލޫމާތު ދެމުން ވިދާޅުވީ މަންޑޭ ހަދިޔާ ކުރެއްވި ތަކެތި ލިބިފައިވާ ކަމަށާއި، އެފަދަ ބޮޑު އެހީއެއް އޭނާ ވެދެއްވުމުން ޝުކުރު އަދާކުރައްވާ ކަމަށެވެ.

”މިފަދަ ދަނޑިވަޅެއްގައި ވިޔަފާރިވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން އަޅުގަނޑުމެން ޝުކުވެރިކަމާއި އެކު ފާހަގަ ކުރަން. މަންޑޭގެ ފަރާތުން ލިބުނު އެހީ އަކީ ވަރަށް މުހިއްމު އަދި ވަރަށް ބޭނުންތެރި އެހީއެއް.“ އޭނާ ވިދާޅުވިއެވެ.

ގއ.އަތޮޅު ކައުންސިލްގެ ރައީސް ފުއާދު ”ކުއްލި ޚަބަރު“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަންޑޭ ދެއްވި އެހީގެ ތަކެތި ލިބިފައިވާ ކަމަށާއި އެއެހީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

”އަޅުގަނޑުމެންގެ އަތޮޅަށް އަދި ހަމައެކަނި ލިބުނީ މަންޑޭގެ ފަރާތުން ދެއްވި އެހީ. އަތޮޅު ކައުންސިލާއި، އަތޮޅުގެ ހުރިހާ ރައްޔިތުންގެ ނަމުގައި މަންޑޭ އަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އަތޮޅަށް އަދިވެސް އިތުރު އެހީތައް ބޭނުންވޭ.“ ފުއާދު ވިދާޅުވިއެވެ.

މަންޑޭ ދެއްވި އެހީ އާއި ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަން ބޭނުންފުޅު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

26 ޑިސެމްބަރ 2020
މާލެއިން ފައްސިވި މީހާގެ އާއިލާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

10 ޖޫން 2020

މަންޑޭގެ ދީލަތި އެހީ އަތޮޅުތަކަށް

13 މެއި 2020

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

13 މެއި 2020

Leave a Reply Cancel reply

ޚިޔާލު ފާޅުކުރައްވާ


Copyright 2020 – Kuhlihabaru.com | All Rights Reserved
Rannaruge, Nooraanee Magu – Kaafu Dhiffushi, Maldives
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ވާހަކަ
  • ވިޔަފާރި
  • ދީން
  • ކުޅިވަރު
  • މަޢުލޫމާތު