ރާއްޖެއިން އިތުރު 27 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްޕީއޭ އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، މިއަދުގެ މެންދުރު 1 ޖެހުމާއި ހަމައަށް ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 27 މީހަކު ފައްސިވެފައިވާ ކަމަށާއި މި 27 މީހުންގެ ތެރޭގައި 9 ދިވެހިންނާއި، ބަންގްލަދޭޝް އަށް ނިސްބަތްވާ 18 މީހެއް ހިމޭނޭ ކަމަށްވެއެވެ.
މިއާއި އެކު ރާއްޖެއިން މިހާތަނަށް މި ބައްޔަށް އަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު މިވަނީ 862 އަށް އަރައިފައެވެ.
އަދި ރާއްޖެއިން މިހާތަނަށް 31 މީހަކު މި ބަލިން ރަނގަޅުވާއިރު، ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ތިން މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސް ވީ ދެ ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.
އިތުރު ތަފުސީލު އަންނަނީ…